ބްރެޒިލްގެ ރިއޯޑީ ޖެނީރިއޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ބައިސްކަލް ރޭސް ނިމޭ ހިސާބުން ކަބަކަބާނާ ބީޗް ސަރަހައްދާ ކައިރިން ގޮވާ ޒާތުގެ އެއްޗެއް ފެނިއްޖެ އެވެ.
ރިއޯ އޮލިމްޕިކްސްގެ ތަރުޖަމާން ވިދާޅުވީ ގޮވާޒާތުގެ އެއްޗެއް ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުންނަށް ވަނީ ފެނިފައިވާ ކަމަށާއި ފުލހުން އޭތި ދުރަށް ގެންގޮސް ނުގޮވާނެ ގޮތް ހަދައި ނައްތާލާފައިވާ ކަމަށެވެ.
މި ހާދިސާއަށް ފަހު ރިއޯގެ ފުލުހުން ދަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަޮށް އެސަރަހައްދުގައި ހަރާކަތްތެރިވަމުންނެވެ. ގޮވާ ޒާތުގެ އެތި ފެނުނު އިރު އެވަގުތަކީ އެތަނުގައި ރޭސް ވެސް ކުރިއަށް ގެންދިޔަ ވަގުތެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް މީހަކަށްވެސް އަދި ރޭހަށްވެސް އެކަމުގެ އަސަރު ކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ،
ރޭ ގޭމްސް ހުޅުވި ވަގުތު ބީޗް ވޮލީބޯލް އެރީނާ ކައިރިންވެސް ބޮމެއް ފެނިގެން ބްރަޒިލްގެ ފުލުހުން ވަނީ ރޮބަތެއް ބޭނުކޮށްގެން ނުގޮވާ ގޮތް ހަދާފަ އެވެ.