ވިޔަފާރި

ބޯޓިން އެވޯޑުގެ މެއިން ސްޕޮންސާއަކަށް ގަލްފް ކްރާފްޓް

Aug 7, 2016
  • ބޯޓިން އެވޯޑު 25 ދާއިރާއަކުން ދޭނެ
  • އެވޯޑު ދިނުން އޮތީ ނޮވެމްބަރު މަހު
  • މިއީ ލޭމުން ދޭ އެވޯޑެއް

މި އަހަރު ބާއްވާ "މޯލްޑިވްސް ބޯޓިން އެވޯޑު" ގެ މެއިން ސްޕޮންސާއަކަށް ގަލްފް ކްރާފްޓް ހަމަޖައްސައިފި އެވެ.

ބޯޓިން އެވޯޑް އިންތިޒާމުކުރާ ޔުނިކާއިން ބުނި ގޮތުގައި ބޯޓިން އެވޯޑުގެ މެއިން ސްޕޮންސާކަން ގަލްފް ކްރާފްޓަށް ލިބިފައިވާކަމަށާއި، އެވޯޑަށް ބޮޑު ތަރުހީބެއްވެސް ލިބެމުންދާ ކަމަށެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ބޯޓިން އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. ސަފާރީ އިންޑަސްޓްރީއަށް ދޭ މި ޝަރަފުވެރި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.

މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ އެވެ. އަދި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވާނެ ތަކެއް ޔުނިކާއިން އަދި އިއުލާނެއް ނުކުރެ އެވެ. މި އެވޯޑަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އެވޯޑެކެވެ.