ކަނޑުމަތީގެ ހާދިސާ

މަހަށް ދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

Aug 7, 2016
3

ކަންނެލި މަސްވެރިކަމަށް ނިކުމެއުޅުނު ދޯންޏެއްގެ ޚަބަރެއްނުވެގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނީ ހޯދަމުން ދަނީ "ޒިކުރާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނި މަސްވެރިކަމަށް ނުކުމެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބ. އަތޮޅުންކަމަށެވެ. އެއީ ކޮން ރަށެއްގެ ދޯންޏެއް ކަމެއް ވެސް އަދި އޭގައި ތިބީ ކިތަން މީހުން ކަމެއް ވެސް ސާފެއް ނުވެއެވެ.

އަދި ބުނީ 97 ފޫޓުގެ އެ ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.