މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އޮފިސަރުން ވިސްނަންވީ ގައިދީން ކުށުގެ ވެއްޓަށް އަލުން ދިޔަ ނުދޭން: ސީޕީ

Aug 7, 2016
1

ޕްރިޒަންސް އޮފިސަރުންގެ ވިސްނުމަކަށްވާން ޖެހޭނީ މުޖުތަމައަށް ނެރޭ ގައިދީން އިތުރު ކުށަކަށް އަރައިގަނެ އަނބުރާ ޖަލަށް ނާންނާނެ ގޮތަށް ތަރުބިއްޔަތު ކޮށްދިނުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވެއްޖެ އެވެ.

މާލޭ ޖަލުގެ އެނެކްސްގައި ފެސިލިޓޭޓާ ޓްރެއިނިން ޕްރޮގްރާމް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު ޝިހާން މިއަދު ވިދާޅުވީ ގައިދީން މުޖުތަމައަށް ނެރޭއިރު އެމީހުންނަށް ދަސްކޮށްދޭންޖެހޭނީ ކުށުގެ ވެއްޓަށް އަނބުރާ ނުދާނެގޮތަކަށް އެމީހުންގެ ހުނަރު ތަރައްގީކުރުވައި، ހޭލުންތެރިވާން ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ފުރިހަމަ ގޮތުގައި ގައިދީން ރިހެބިލިޓޭޓް ކުރެވިއްޖެ ކަމަށް ބަލަންވާނީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ނަތީޖާ މިނެ ކިރަންވާނީ މުޖުތަމައަށް ނެރޭ ގައިދީޏް އެނބުރި ޖަލަށް ނާންނަ މިންވަރު ބަލައި ވަޒަންކޮށްގެން ކަމަށެވެ.