ދުނިޔެ

މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމުގެ އިޝާރާތެއް ޖަޕާނުގެ ރަސްގެފާނު ދެއްވައިފި

Aug 8, 2016

އުމުރުފުޅުން 82 އަހަރުވެފައިވާތީ ޖަޕާންގެ ޝާހީ ރަސްކަމުގެ "ހުރިހާ ބާރެއް" ނެންގެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް ޖާޕާންގެ ރަސްގެފާން އަކިހީޓޯ ވިދާޅުވެއްޖެ އެވެ.

އަކިހީޓޯ މިހާރުވެސް ވަނީ ރަސްކަމުގެ ބައެއް މަސްއޫލިއްޔަތުތައް ދޫކޮށްލައްވާފަ އެވެ.

ގައުމީ ޓީީވީ މެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން އަކިހީޓޯ ވިދާޅުވީ "ޖަޕާނުގެ ދައުލަތުގެ ސިމްބަލްތަކުން ރަސްގެފާނުގެ މަސްއޫލިއްޔަތުތައް ވެސް ކުޑަ ކުރެވޭނީ ވަކި ވަރަކަށް" ކަމަށެވެ.

ޖަޕާނުގެ ޕަބްލިކް ބްރޮޑްކާސްޓާ އެންއެޗްކޭ އިން ބުނީ ހިތްޕުޅުގެ އާލާސްކަންފުޅުގެ ސަބަބު މިދިޔަ މަހު އަކިހީޓޯ ހިތުގެ ސާޖަރީ އެއް ހެއްދެވި ކަމަށާއި އަދި ކެންސަރުގެ އާލާސްފުޅާ ހެދި ކުރިއަށް އަހަރުތަކުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތުތަކުން އެކީ އެކައްޗަށް ދުރުވެ ވަޑައިގަންނަވާނެ ކަމަށެވެ.

ވާހަކަފުޅު ކުރުކޮށްލަވަމުން އަކިހީޓޯ ވިދާޅުވީ ރަސްގެފާނުގެ މަސްއޫލިޔަތުގެ ތެރެއިން ސިޔާސީ މަސައްކަތްތަކާ ދުރުވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.

"އަހަރެން ގަބޫލު ކަރަނީ އަހަރެންގެ ފިޓްނަސް ލެވަލް މިހާރު ދަށްވެއްޖެ ކަމަށް. އަހަރެން ކަންބޮޑުވަން އަހަރެންނަށް މަސްއޫލިއްޔަތު އުފުލުމަށް ވަރަށް އުނދަގޫ. ދައުލަތުގެ ސިމްބަލްގައިވާ ގޮތުގެ މަތިން މިއަދާ ހަމަޔަށް އަހަރެން މިއައީ އަހަރެންގެ މަސްއޫލިއްޔަތުތެރޭގައި ހިމެނޭ ވަރަށް ގިނަ ޑިއުޓީތަކެއް ފުރުހަމަ ކުރަމުން"