އަންނަ އަހަރުން ފެށިގެން އޭލެވެލް ޓެސްޓް އޮންނާނީ އޮކްޓޫބަރާއި ނޮވެމްބަރު މަހުގައި ކަމަށް ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯލެވެލް ނިމި އޭލެވެލްއަށް ކިޔަވަން ފެށުމާދޭތެރޭ ދުވަސްކޮޅެއް ނަގާތީ އެކަމާ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޓެސްޓްދޭ ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުމަށްފަހު ގެނައި މި ބަދަލުން ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.