ހަބަރު

މަސްތުވާތަކެތީގެ ވަބާ ނައްތާލަން ޑްރަގު ނެޓްވޯކްތައް ނައްތާލަންޖެހޭ: ސޯދިގު

Feb 20, 2015
1

މަސްތުވާތަކެތީގެ ވަބާ ނައްތާލެވޭނީ މަސްތުވާތަކެތީގެ ނެޓްވޯކްތައް ހޯދައި ނައްތާލައިގެން ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސޯދިގު ވިދާޅުވެއްޖެ އެވެ.

ދިއެފްއެމް ޕްލަސް އިން ގެނެސްދޭ "ވަންޓުވަން" ޕްރޮގްރާމްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ސޯދިގު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރުކޮށް އެފަދަ ނެޓްވޯކުތައް ނައްތާލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރެވޭނީ ހަމައެކަނި ފުލުހުންނަށް ނޫން ކަމަށާއި މުޖުތަމައުގެެ ދައުރު އެކަމުގައި ބޮޑު ކަމަށެވެ.

ޑްރަގް ނެޓްވޯކުތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ސޯދިގު އެދި ވަޑައިގެންނެވި އެވެ.

"މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހިފާ ހައްޔަރު ކުރުން ނޫނީ އެ ބޭނުން ކުރާ މީހުން އެ ބޭނުން ކުރުމަށް ހޯދާ ހޯދުން އަތުލައިގަތުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ