ރާއްޖެ ކުޅިވަރު

ހަތަރު ވަނައަށް އަރަން ލިބުނު ފުރުސަތު ޔޫވީ އިން ގެއްލުވާލައިފި

Aug 9, 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ ބީޖީ އާ ދެކޮޅަށް ކުޅުނު އެއްވަރުވުމުން ތާވަލުގެ ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ޔުނައިޓަޑް ވިކްޓްރީން ގެއްލުވާލައިފި އެވެ.

މި މެޗުން މޮޅުވެގެން 17 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުނު ޔޫވީ އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

ހަތަރު ވަނައިގައި އޮތީ ކުލަބު ވެލެންސިއާ އެވެ. އެޓީމަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.

ތާވަލުގެ ފުލުގައި އޮތް ބީޖީއަށް މެޗު އެއް ވަރުވުން ލިބުނު ޕޮއިންޓައެކު އެޓީމަށް ލިބުނު ޕޮއިންޓްގެ އަދަދު ހަތަރަކަށް އެރީ އެވެ.

ލަނޑެއް ނުޖެހި އެއްވަރުވި މެޗްގައި ޔޫވީ އަށާއި ބީޖީއަށްވެސް ވަނީ ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ލިބިފައެވެ. އެގޮތުން ޔޫވީގެ ރަފީނިއާއަށް ދެ ވަނަ ހާފުގައި ދެ ފުރުސަތެއް ލިބިގެން ދިޔައެވެ. އަދި ބީޖީގެ ޑޭވިޑަށް ވެސް ވަނީ ފުރުސަތެއް ލިބިގެން ގޮސްފައެވެ.

މި ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗް ޔޫވީ ކާމިޔާބު ކުރީ 2-1 ންނެވެ.

ލީގް އަންނަ ހުކުރު ދުވުހު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ޓީސީއާއި ބީޖީއެވެ.