ބޮލީވުޑް

ރަޖްނިކާންތްގެ ހަޔާތުގެ މައްޗަށް އާއިލާއިން ފިލްމެއް އުފައްދަނީ

Aug 10, 2016

ތަމަޅަ ސުޕަސްޓާ ރަޖްނިކާންތްގެ ހަޔާތަކީ ގިނަބަޔަކު ޝައުގުވެރިވާނެ ފަދަ ވާހަކަތަކުން ފުރިގެންވާ ކަންތައްތަކެއް އޭނާގެ ހަޔާތުގައި ވަނީ ހިނގާފަ އެވެ.

ރަޖްނިކާތް އަކީ މުޅި އިންޑިއާގެ އެންމެ މަގުބޫލު އަދި ކާމިޔާބު އެކްޓަރަށް ވިޔަސް ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން އޭނާ އަކީ ބަސް ކޮންޑަކްޓަރެއްގެ ވަޒީފާ އަދާކުރި އާދައިގެ ދިރިއުޅުމެއް އުޅުމުން އައި މީހެކެވެ.

އުމުރުން 65 އަހަރުގައި ވެސް ރަޖްނިކާންތްގެ ވިދުން ގަދައިރު، އޭނާގެ އާއިލާއިން އަންނަނީ ރަޖްނިކާންތްގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ތައްޔާރުވަމުންނެވެ.

ރަޖްނިކާންތްގެ އާއިލާއާ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމުގެ ވިސްނުން އެއާއިލާއިން ގެންގުޅެމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށާއި ރަޖްނިކާންތްގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމީ އޭނާގެ އެންމެފަހުން ރިލީޒްވި ފިލްމު "ކަބަލީ" އަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެންނެވެ.

ރަޖްނިކާންތްގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާފައިވާކަން އޭނާގެ ހަނގު ދަރިފުޅު ސޮއުންދަރްޔާވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ސޮންދަރްޔާ ވަނީ އޭނާގެ ބައްޕަގެ ހަޔާތް ފިލްމެއްގެ ސިފައިގައި އާންމުންނާ ހަމައަށް ގެންނަން ނިންމީ ދައްތަ އައިޝްވާރިޔާ ރަޖްނިކާންތްގެ ހަޔާތުގެ މައްޗަށް ފޮތެއް ލިޔަން ފެށި ހިސާބުން ކަމަށް ބުނެފަ އެވެ.

"ބައްޕަގެ ހަޔާތަށް ފިލްމެއް އުފައްދަން ވިސްނުން ގެންގުޅޭތާ ވަރަށް ދުވަސްވެއްޖެ. ބައްޕަ އަކީ އަހަރުމެންގެ އިތުރުން ގިނަބަޔަކަށް ވަރަށް ބޮޑު އިންސްޕިރޭޝަނެއް" ސޮއުންދަރްޔާ ބުނެފައިވެ އެވެ.

މިފިލްމުގައި ބޮޑަށް އަލިއަޅުވާލާނީ ރަޖްނިކާންތްގެ ބަސް ކޮންޑަރެއްގެ ވަޒީފާއިން ސުޕަސްޓާރަކަށް ވުމަށް އޭނާ ކަޑަތުކުރި ދަތި މަގުތައް ކަމަށާއި އެންމެންނަށް އެނގޭ ރަޖްނިކާންތްގެ ވަރަށް އެއާއިލާގެ އިތުރުން އެހެންބަޔަކަށް ނޭނގޭ ކަންތައްތައްވެސް ފެނިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ބައްޕަގެ ހަޔާތުގައި މީހުންނަށް ނޭނގޭ ބައިވަރު ކަންތައްތައް ވަނީ ހިނގާފައި. އަހަންނަކީ ބައްޕަގެ އެންމެ ބޮޑު އެއް ފޭން. ބައްޕަގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމަކީ އަހަރުމެން އެންމެން ވަރަށް ދެކެމުން އަންނަ ދުވަހެއް" ސޮއުންދަރްޔާ ވަނީ ބުނެފަ އެވެ.