މޯލްޑިވްސް ބޯޓިން އެވޯޑްސް

ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

Aug 10, 2016

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

"މޯލްޑިވްސް ބޯޑިން އެވޯޑް 2016" އިންތިޒާމުކުރާ ޔުނިކާ އިން ބުނި ގޮތުގައި ބޯޓިން އެވޯޑަށް ނޮމިނޭޝަންތައް ފޮނުވުމުގެ މުއްދަތު އިތުރުކުރީ ބައެއް ކެޓަގަރީތަކުން ނަން ފޮނުވުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި، މިހާތަނަށް ނޮމިނޭޓް ކޮށްފައިވާ ފަރާތްތަކުގެ ނަންތައް ބޯޓިން އެވޯޑްސް ޑޮޓް އެމްވީގެ ވެބްސައިޓުގައި އަޕްލޯޑް ކުރަން ވަނީ ފަށާފަ އެވެ.

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ހާއްސަކޮށް ސަފާރީ އިންޑަސްޓްރީއަށް ދޭ ހަމައެކަނި އެވޯޑެެވެ. މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ އެވެ. މިހާތަނަށް މި އެވޯޑްގައި މެއިން ސްޕޮންސާއަކާއި ތިން ކޯ ސްޕޮންސާ އަދި އެއް އެސޯސިއޭޓް ސްޕޮންސާ ނަގާފައިވެ އެވެ. މީގެ އިތުރުން އޮންލައިން މީޑިޔާ ޕާޓްނަރަކާއި މީޑިޔާ ޕާޓްނަރެއްގެ އިތުރުން ހޮޓެލް ޕާޓްނަރަކާއި ޕްރިންޓިން ޕާޓްނަރެއް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ޔުނިކާ އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮންލައިން ވޯޓަށް ހުޅުވާލާނެ ކަމަށެވެ. އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.