ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސް: 150 ގެސްޓް ހައުސްގެ ވެރިން އެއްތާކަށް!

  • ކޮންފަރެންސް އޮތީ އަންނަ މަހު
  • ޕާޓްނަރުގެ ގޮތުގައި 15 ކުންފުނި
  • އިވެންޓް އޮތީ ވިލާ ކޮލެޖުގައި

އަންނަ މަހު ބާއްވާ ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސުގައި 150 ގެސްޓް ހައުސްއެއްގެ ވެރިން ބައިވެރިވެއްޖެ އެވެ.

ގެސްޓް ހައުސް ކޮންފަރެންސް އިންތިޒާމުކުރާ ގެޓް އަވޭސްއިން ބުނި ގޮތުގައި މި ކޮންފަރެންސުގައި 150 ގެސްޓް ހައުސް ވެރިން ބައިވެރިވުމަކީ ކޮންފަރެންސު ކާމިޔާބުވާނެކަމުގެ ނިޝާނެއް ކަމަށާއި، މީގެ އިތުރުން ކޮންފަރެންސަށް ސްޕޮންސަރުންނާއި ޕާޓްނަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުގައި ބައްދަލުވުމާ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއްވެސް ވަނީ ބައިވެރިވެފަ އެވެ.

ކޮންފަރެންސުގެ ޕާޓްނަރުން:

މެއިން ޕާޓްނަރު: ލިލީ އިންޓަނޭޝަނަލް

ޕްރިމިއަމް ޕާޓްނަރުން:

  • ހަސަން މެރިން އިންޖިނިއަރިން
  • އެލައިޑް އިންޝުއަރެންސް
  • ދިރާގު
  • އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް

ކޮމާޝަލް ޕާޓްނަރުން:

  • އަލްސާލީ މެރިން މޯލްޑިވްސް
  • ކޮޕިއާ ޕްލަސް
  • މޯލްޑިވް ގޭސް
  • ޑީޓެކް
  • ލިންޗްޕިން
  • ކޮކާކޯލާ
  • އެމްސެވަން ޕްރިންޓް
  • އެފްއެސްއެމް
  • މެގަ މޯލްޑިވްސް

އެންޑޯސްމަންޓް ޕާޓްނަރުން:

  • ޔޫއެންޑަބްލިއުޓީއޯ
  • އެމްއެމްޕީއާރުސީ
  • މީރާ

މީޑިޔާ ޕާޓްނަރުން:

  • އަވަސް އޮންލައިން
  • ޕީއެސްއެމް
  • ކޯޕަރޭޓް މޯލްޑިވްސް

ގެސްޓް ހައުސް ކޮންފަރެންސް ބާއްވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު އެވެ. ވިލާ ކޮލެޖުގައި މި އިވެންޓް ބާއްވަނީ އެއް ދުވަހުގެ މުއްދަތަށެވެ. މި ބައްދަލުވުމުގައި ރާއްޖޭން ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ވެސް ބައިވެރިވާނެ އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. މީގެތެރެއިން 300 ތަނެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކަށް ބާއްވާ ފުރަތަމަ ބައްދަލުވުން ކަމަށްވާ ގެސްޓް ހައުސް ކޮންފަރެންސުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.