ވިޔަފާރި

އަޔާދީގެ ފެމެލީ ތަކާފުލްގެ ރައްކާތެރިކަން ފުލުހުންނަށް

Aug 11, 2016

އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ "އަޔާދީ ތަކާފުލް"ގެ ފެމިލީ ތަކާފުލް ސްކީމް ސްކީމްގައި ފުލުހުން ބައިރިވެރިވެއްޖެ އެވެ.

އިސްކަންދަަރު ކޮށީގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ. އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ނިޔާޒް މުހައްމަދެވެ.

މި އެއްބްސްވުމުގެ ދަށުން މަހުން މަހަށް ދައްކާގޮތަށް މުސާރައިން ކެނޑޭގޮތަށް މި ސްކީމް ފުލުހުންނަށް ބައިވެރިވެވޭނެ އެވެ.

އެލައިޑްގެ ފެމެލީ މި ތަކާފުލް ސްކީމަކީ ތިމާ އާއި ތިމާގެ އާއިލާގެ މުސްތަގުބަލް ބިނާކުރުމަށް ދުރާލާ އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެ ކެވެ. މި ސްކީމުގައި ބައިވެރިވާ މީހާ މަރުވެއްޖެ ހާލަތެއްގައި އާއިލާއަށް މާލީ ރައްކާތެރިކަން ޔަގީންވާނެ ސްކީމެކެވެ. ފެމިލީ ތަކާފުލްގައި ހިމެނޭ ޕްލޭންތަކުގެ ތެރޭގައި ދަރިންނަށް މަތީ ތައުލީމު ހާސިލްކޮށްދިނުމަށް އެހީވެދޭ ފަންޑެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން ޕްލޭނުގައި ބައިވެރިވާ ފަރާތާއި އޭނާގެ އާއިލާ އަށް މާލީ ރައްކާތެރިކަން ޔަގީންކޮށްދޭ ޕްލޭނެއް ވެސް ހިމެނެ އެވެ.

އެލައިޑުގެ މި ސްކީމްގެ ދަށުން ވަޒީފާއިން މުސްކުޅިކުރުމަށްފަހު ހައްޖަށް ދިއުމާއި ބޮޑެތި ކަންކަމަށް ރައްކާ ކުރާ ފައިސާ އާއި އާމްދަނީ ނުލިބޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އާއިލާ އަށް ދެވޭ މާލީ އެހީގެ ޕްލޭންތައް ވެސް ހިމެނެ އެވެ.