ކުޅިވަރު

ޕްރެމިއާ ލީގުގެ ހުރިހާ މެޗެއް އައިސް ޓީވީއިން އެޗްޑީކޮށް

Aug 12, 2016

އިނގިރޭސި ޕްރެމިއާ ލީގުގެ ހުރިހާ މެޗެއް އައިސް ޓީވީ އިން އެޗްޑީކޮށް ވަގުތުން ދައްކާނެ ކަމަށް އެ ޓީވީން މިއަދު ބުނެފި އެވެ.

ޕްރެމިއާ ލީގުގެ އާ ސީޒަން މާދަމާ ފަށާނެ އެވެ.

އައިސް ޓީވީއިން ބުނީ، މިފަހަރުގެ ޕްރެމިއާ ލީގުގެ ހުރިހާ މެޗެއް އެޗްޑީކޮށް ދައްކަން އެ ޓީވީން ނިންމާފައިވާ ކަމަށެވެ. މީގެކުރިން ޔޫރޯ އާއި ވޯލްޑް ކަޕް އެޗްޑީކޮށް ދެއްކި ނަމަވެސް ބޭރުގެ މިފަދަ ލީގެއް އެޗްޑީކޮށް ދިވެހި ޗެނަލަކުން ބްރޯޑްކާސްޓްކުރާ މިއީ ފުރަތަމަ ފަހަރެވެ.

އެ ޓީވީ އިން އިތުރަށް ބުނި ގޮތުގައި، އެއް ވަގުތެއްގައި ދެ މެޗެއް ކުޅޭނަމަ ލައިވްކޮށް ދައްކާނީ ބެލެންތެރިންގެ ތަރުހީބު ބޮޑަށް ލިބޭ މެޗެކެވެ. އަނެއް މެޗުގެ ރިޕީޓް ވެސް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށްދާނެ ޕްރެމިއާ ލީގު މާދަމާ ފަށާއިރު، އެންމެ ފުރަތަމަ މެޗުގައި މެޗުގައި ބައްދަލުކުރާނީ ލީގަށް އެނބުރި އައި ހަލް ސިޓީ އާއި ޗެމްޕިއަން ލެސްޓާ ސިޓީ އެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު 4:30ގަ އެވެ.