ދުނިޔެ

އަފްގާން-ޕާކިސްތާންގެ އައިއެސް ލީޑަރު މަރާލައިފި

Aug 13, 2016

އެމެރިކާއިން ދިން ޑްރޯން ހަމަލާތަކެއްގައި އަފްޣާނީސްތާނާއި ޕާކިސްތާނަށް އިސްލާމިކް ސްޓޭޓް ނުވަތަ ދާއިޝްގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގުރޫޕުން ކަނޑައަޅާފައި ހުންނަ ލީޑަރު ހާފިޒު ސާއިދު ހާން މަރާލައިފި އެވެ.

އަފްޣާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާއިފައި ހުންނަ ސަފީރު ހަޒަރަތު އުމަރު ޒަކްހިލްވާލް ވިދާޅުވީ އަފުޣާނިސްތާންގެ ނަންގްހަރާރު ޕްރޮވިންސްުގެ ކޮޓް އަވަށުގައި ހަރަކާތްތެރިވަމުން ދަނިކޮށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއްގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހާދިޒު ސައީދު މަރައިލަފައިވަ ކަމަށެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ވެސް ވަނީ އެ ކަން ޔަގީކޮށްދީފަ އެވެ.

ޒަކްހިލްވާލް ވިދާޅުވީ މި ހަމަލާތަކުގައި ހާފިޒު ސައީދުގެ އެންމެ އަރިސް ކޮމާންޑަރުވެސް މަރައިލައިފައިވާ ކަމަށެވެ.

މީގެ ކުރިން ސައީދު މަސައްކަތް ކުރަމުންދިޔައީ ތޯލިބާނުންގެ ޕަކިސްތާންގެ ގޮފީގައެވެ. މިދިޔަ އަހަރު އޭނާ މަރައިލައިފައިވާ ކަމަށް އަޑު ފެތުރިގެން ދިޔަޔަސް، އެކަން ޔަގީން ކޮށެއް ނުދެވެއެވެ.