ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު ހޮޓާ މައްކާގައި އަންނަ އަހަރު ހުޅުވަނީ

Aug 13, 2016
1

ދުނިޔޭގައި ބިނާ ކުރާ އެންމެ ބޮޑު ހޮޓާ ސައުދީ އަރަބިއްޔާގެ މައްކާގައި އަންނަ އަހަރު ކުރީ ކޮޅު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަބްރާޖު ކްދައިގެ ނަމުގައި ހަދާ މި ހޮޓެލް އިމާރާތް ކުރަނީ މައްކާގައި ހުންނަ މުސްލިމުންގެ އެންމެ ބޮޑު މިސްކިތް މަސްޖިދިލް ހަރާމްގެ ދެކުނުން އެއް މޭލް ދުރުގަ އެވެ.

ހަނަފަސް ސަހަރާއެއްގެ ތެރޭގައި އޮތް މިސަރަހައްދު އާބާދު ކުރާ މިހޮޓެލްގައި 10000 ކޮޓަރި ހުރެއެވެ. މީ ލަކްޒަރީ ފެންވަރަށް ބިނާ ކުރާ ކޮޓަރިތަކެކެވެ. ސޮޕިން މޯލްތައް ހިމެނޭ ވިޔާފަރި މަރުކަޒެއް ވެސް މި ހޮޓެލްގައި ހިމެނެ އެވެ. އަދި އެއް މަހުގެ މުއްދަތުގައި ވެސް ޒިޔާރަތް ނުކުރޭވަރަށްވުރެ ގިނަ ރެސްޓޯރެންޓް ތައްވެސް ހިމެނެއެވެ. އެގޮތުން ޖުމުލަ 70 ރެސްޓޯރެންޓް ހޮޓެލްގައި ހިމެނެއެވެ.

ހޮޓެލްގައި 12 ޓަވަރު

މިހޮޓެލްގައި 12 ޓަވަރު ހިމެއެވެ. އޭގެ ތެރެއިން 10 ޓަވަރުގައި ހަތަރު ތަރީގެ ދަރަޖައިގައި ހިދުމަތް ފޯރުކޮށްދޭނެ އެވެ. އަނެއް ދެ ޓަވަރުގައި ފަސް ތަރީގެ ދަރަޖައަށް ހިދުމަތް ފޯރުކޮށްދޭނެ އެވެ.

ބާރަ ޓަވަރުގެ ތެރެއިން އެންމެ ބޮޑެތި ޓަވަރު އިމާރަތް ކޮށްފައިވަނީ 45 ފަންގިފިލާ ހިމެނޭ ގޮތަށެވެ. އެންމެ ކުޑަ ޓަވަރެއްގައި 30 ފަންގިފިލަ ހިމެނެއެވެ.

ހެލކޮޕްޓަރު ޖެސުމަށްޓަކައި ހަތަރު ހެލިޕޭޑް ހޮޓެލްގައި ހިމެނެއެވެ. ހޮޓޮލަގްެ ވަށައިގެން 64000 ސްކޭއާ މީޓަރު ހުރެއެވެ.

"އަހަރެމެންނަށް ލިބުނު ޝަރަފެއް އަހަރެމެންނަށް އިތުބާރުކޮށް ހޮޓެލްގެ އިންޓީރިއާ ޑިޒައިން މަސައްކަތް ހަވަލު ކުރުމުން. މީ ވަރަށް އުނދަގޫ މަސައްކަތެއް. އހަރެމެންގެ އެއްވެސް އޮޕަރޭޓަރެއް އެ ސައިޓްގައި ނެތް. އހަރެމެން ބޭނުންވޭ ސައިޓްގެ ޑިޒައިނިން ރިސޯސް، އަލް އަރީން ބޭނުންވޭ އަންނަ ގެސްޓުން ހައިރާންވަ ވަރުގެ މަސައްކަތެއް ކުރަން އަރީން ހޮސްޕިޓަލިޓީގެ ހެޑް އޮފް ޑިސައިނިން އެންޑްރޫ ލިންޑްވޫޑް ވިދާޅުވިއެވެ

މިހޮޓަލުގެ އިތުރުން ޖަބާލް އުމަރު ކޮމްޕްލެކްސްގ ނަމުގައިވެސް ޓވަރުތަކެއް އަޅަމުންނެވެ. މިހާރު އިމާރާތް ކުރަމުންދާ މި ކޮމްޕްލެކްސްގައި 37 ޓަވަރު ހިމެނެއެވެ.