ބޭރު ކުޅިވަރު

ޑިއޭގޯ ފޯލާން އިންޑިއަން ސްޕަލީގްގެ މުމްބާއީއަށް

Aug 13, 2016

އުރުގުއޭގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ޑިއޭގޯ ފޯލާން އިންޑިއާގެ ސްޕަލީގްގެ މުމްބާއީ ސިޓީއަށް ސޮއިކޮށްފިއެވެ.

އޮކްޓޫބަރު މަހު ފަށާ ސުޕަލީގްގެ އާ ސީޒަނަށް ތައްޔާރުވުމަށް ދުބާއީގައި ފްރީ ސީޒަންގެ ޓްއާ ހޭދަ ކުރަމުންދާ މުމްބާއީ ސިޓީއަށް ސޮއިކުރީ ތިން މަސް ދުވަހަށެވެ.

"އެމީހުން ބޭނުންވަނީ ފުޓްބޯޅަ ކުރިއަރުވަން. އިންޑިއާގެ އާބަދީގައި ފުޓްބޯޅައަށް ދޭ ސަމާލުކަން ބޮޑު ކުރުމަށް. އަންނަ އަހަރު ސުޕަލީގް ހަތް މަހަށް ދިގު ދެމިގެންދާ ގޮތަށް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ. އަހަރެން މި ސޮއި ކުރީ ތިން މަހަށް،" 2010 ވަނަ އަހަރު ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގަމު ހޯދި ފޯލާން ބުންޏެވެ.

އޭނާ ވަނީ މިގެ ކުރިން އެތުލެޓީކޯ މެޑްރިޑާ މެންޗެސްޓާ ޔުނައިޓަޑާއި އިންޓަމިލާންގެ އިތުން ވިލަރެއާލްއަށް ކުޅެފަ އެވެ.