ގޮގްލްއާ އެކު ފަތާ ފެންގަނޑަށް ލައިފިނަމަ ދުނިޔޭގެ އެއްވަނަ ފެތުންތެރިޔާ އެމެރިކާގެ މައިކަލް ފެލްޕްސްއަށް ރެކޯޑް ހަދައި މެޑަލް ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ނަމަވެސް، "ބެލްޓްމޯ ބްލެޓް" ގެ ނަމުގައި މަޝްހޫރުވެފައިވާ ފެތުންތެރިޔާއަށް އޭނާގެ 23 ވަނަ މެޑަލް ހޯދަން ނިކުތް ނަމަވެސް އެކަން ފުރިހަމަ އެއް ނުކުރެވުނެވެ. ތޭވިސް ވަނަ މެޑްލް ހޯދަން ހުރަހަކަށްވީ ސިންގަޕޫރުގެ ޖޯސްފް ސްކޫލިން އެވެ
ސްކޫލިން ވަނީ ފެލްޕްސް ބީޓްކޮށް އެގައުމަށް އޮލިމްޕިކް ތާރީހްގައި ފުރަތަމަ ރަން މެޑަލް ހޯދައިދީފަ އެވެ. އަދި އޭނާ ރޭސް ފުރިހަމަ ކުރީ އޮލިމްޕިކްގެ ބަޓަފްލައި ސްޓްރޯކް ކެޓަގަރީގެ ރެކޯޑެއް ކަމަށްވާ 50.39 ސިކުންތުންނެވެ.
އުމުރުން 21 އަހަރުގެ ފެތުންތެރިޔާ ރޭސް ފުރިހަމަކޮށް ސިންގަޕޫރު އުފަލުން ފޮޅުވާލީ ދުނިޔޭގެ އެންމެ މޮޅު ތިން ފެތުންތެރިންގެ ހިތަށް ތަދުކޮށްލުމަށް ފަހުއެވެ. އެއީ ފެލްޕްސްގެ އިތުން ދެކުނު އެފްރިކާގެ ޗާޑް ލީ ކްލޮސް އާއި ހަންގޭރީގެ ލޯޒްލޯ ސްސެޗް އެވެ. އެތިން ފެތުންތެރިނަށް ރޭސް ނިންމުނީ 51.14 ސިކުންތުންނެވެ.
ސްކޫލިން އާއި ފެލްޕެސްއަކީ އެކަކު އަނެކަކު ދަންނަ ދެ މީހުންނެވެ. މި ދެ އެތުލީތުން ބައްދަލުވެފައިވަނީ ޗައިނާގެ ބެއިޖިންގައި 2008 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ކުރިން އެމެރިކާގެ ސްވިމިން ޓީމު ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމެޕެއްގަ އެވެ.
"ފެލްޕްސް އާއި އެމެރިކާ ފަތާ ޓީމު ސިންގަޕޫރަށް އައިސް އަހަރެންގެ ކުލަބުގެ ކޭމްޕްގައި ޓްރެއިނިންތައް ކުރިއަށް ގެންދިޔަ. އެއީ ހެދުނުގެ ވަރަށް ކުރީ ކޮޅު ވަރަށް އާދައިގެ ހިނގުމެއްގައި އޭނާ ދިޔައީ. އަހަރެންވެސް ދިޔައިން އޭނައާ އެކު ފޮޓޯއެއް ނަގަން،" އޭނާގެ އުމުރުން 13 އަހަރުގެ ހަނދާންތައް އާ ކުރަމުން ސްކޫލިން ބުންޏެވެ.
ސިންގަޕޫރުގެ ފުރަތަމަ ރަން މެޑަލާއެކު އެއީ އޭނަގެ ކެރިއަރުގައި އަބަދުވެސް ފާހަގަ ކުރާނެ ހަނދާނަކަށް ވަނެ ކަމަށް ސްކޫލިން ބުންޏެވެ.
"އޭނާ [ފެލްޕެސް] ކައިރި ހުރެގެން ރަން މެޑަލްގެ ސެލަބަރޭޓް މި ކުރީ. އަހަރެން ދުވަހަކުވެސް މި އުފާވެރި މިވަގުތު ކޮޅު މަތިން ހަނދާން ނުނެތޭނެ"
ފެލެޕްސް ބުނީ ސްކޫލިންއާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ. "އަހަރެން އުފަލެއް ނުވޭ. އެއީ އެއްވެސް މީހަކު ބޭނުމެއް ނުވާނެ ބަލިވާކަށް. އެކަމަކު ޖޯ [ސުކޫލިން] އާ މެދު އަހަރެން ފަހުރުވެރިވަން. އޭމާ ހުރީ ވަރަށް އިންސްޕަރޭޝަން މުޑެއްގައި. އަހަރެން ބޭނުމީ ކުޅިވަރަށް ބަދަލު އަންނަން. އަހަންނަށް ހީވަނީ އެންމެންނަށް ވެސް އެތަންް ފެންނަން ފަށައިފިހެން" ފެލެޕްސް ބުންޏެވެ.