ކުޅިވަރު

ޒުވާން ކުޅުންތެރިންނަށް ހިތްވަރުދެމުން ބީއެމްއެލް ސީއީއޯ ޓީޓީ ތަމްރީންތަކަށް

Aug 16, 2016

ރާއްޖޭގައި ޒުވާން ހުނަރުވެރި އެތައް ކުޅުންތެރިންނެއް އެބަތިއްބެވެ. މި ކުޅުންތެރިންނަށް ބޭނުންވަނީ ފުރުސަތެވެ. ތަމްރީނެވެ. ހިތްވަރެ އެވެ. އެކަން ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ދަނީ ހިތްވަރު ކުރަމުންނެވެ. މިކަމާ ގުޅުވާލައިގެން އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު (މަރޭ) ވަނީ ޗެލެންޖެއް ކުރިމަތިކޮށްފަ އެވެ. މަރޭގެ ޗެލެންޖު ގަބޫލުކޮށް ޓީޓީގެ ތަމްރީންތައް މި ފަހަރު ފުރިހަމަ ކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ޒުވާން އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން މަރޭ އާއްމުކުރި "ޓްރެއިނިން ވިތް އެމްވީޗޭމްޕްސް" ތަމްރީންތަކުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ތަމްރީންވެފައިވަނީ ޒުވާން ޓީޓީ ކުޅުންތެރިޔާ މައިޒަރު އާދަމްއާ އެކު އެވެ. މަގުސަދަކީ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމެވެ. މި ތަމްރީންތައް ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރުގެ ޓީޓީ ހޯލްގައި އިއްޔެ ހަވީރެވެ.

ޓީޓީގައި އަރަމުން ޒުވާން ޓެނިސް ކުޅުންތެރިއެކެވެ. އަދި އުމުރުން 18 އަހަރުގެ މައިޒަރު ވަނީ 2014 ވަނަ އަހަރު ބޭއްވީ ސައުތު އޭޝިޔަން ޖޫނިޔަ ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަންވަން ލޯ މެޑަލް ހޯދާފައިވެ އެވެ. އަދި މައިޒަރުއަކީ ރާއްޖޭގެ ތިންވަނަ ޓެނިސް ކުޅުންތެރިޔާ އެވެ.

ބީއެމްއެލްގެ ސީއީއޯގެ އިތުރުން، ދިރާގާއި އުރީދޫ އަަދި ލިންޓަލް ކުންފުނީގެ އެމްޑީ އަބްދުލް މާޖިދް ވެސް ވަނީ މި ކެމްޕޭންގައި މީގެ ކުރިން ބައިވެރިވެފަ އެވެ.