ދުނިޔެ

ގުއަންޓަނާމޯގެ ތާރީހްގައި އެންމެ ގިނަ ގައިދީން ބަދަލުކޮށް ޔޫއޭއީ އަށް

Aug 16, 2016

ކިއުބާގައި ހުންނަ އެމެރިކާގެ ގުއަންޓަނަމޯ ބޭ ޖަލުން އެއްފަހަރާ އެންމެ ގިނަ ގައިދީން ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ނުވަތަ ޔޫއޭއީއަށް ބަދަލު ކޮށްފިިއެވެ.

ޔޫއޭއީ އަށް ބަދަލު ކުރި ގައިދިންގެ ތެރޭގައި ހިމެނެނީ 12 ޔަމަނުގެ މީހުންނާއި އަފުގާނިސްތާނަށް ނިސްބަތްވާ ދެ މީހުންނެވެ.

މި 15 މީހުން ޔޫއޭއީގެ ޖަލުތަކަށް ބަދަލު ކުރުމުން މިހާރު ގުއަންޓަނަމޯ ޖަލުގައި ތިބި ގައިދީންގެ އަދަދު 61 މަދުވީއެވެ.

ގުއަންޓަނަމޯ ޖަލުގައި ގައިދީންނަށް ނުހައްގުން އަނިޔާ ކުރުމުގެ ތުހުމަތުތައް އެމެރިކާގެ މައްޗަށް ވަނީ ކުރެވިފައެވެ.

ގުއަންޓަނަމޯ ޖަލު ހުޅުވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ދައުރުގައި 2002 ވަނަ އަހަރުއެވެ.

އެމެރިކާގެ ރައީސް ބަރަކު އޮބާމާ ރައީސް ކަމުގެ ފުރަތަމަ ދައުރަށް ކެމްޕޭން ކުރެއްވިއިރު އޭނާ ވަނީ ގްއަންޓަނާމޯ ޖަލު ބަންދު ކުރުމަށް ވައުދުވެ ވަޑައިގެންފައެވެ.

އިދިކޮޅު ރިޕަބްލިކަން ޕަޓީގެ މަޖިލިސް މެންބަރު އެޑް ރޮއީސް ވިދާޅުވީ "އެއީ ގުއަންޓަނާމޯ ބަންދުކުރުމަށް އޮބާމާ ސަރުކަރުން ފައްޓަވައިފައިވާ ރޭހަށް އެޅި ފިޔަވަޅެއް. މިއީ އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ބިރުވެރިކަން ދެ ގުނަ ވެގެންދާނެ ކަމެއް" ކަމަށެވެ.

"އަނެއްކާވެސް ސަތޭކަ ވަރަކަށް ޓެރަރިސްޓުން ބޭރު ގައުމުތަކަށް ދޫކޮށްލީ" ރޮއީސް ވިދާޅުވިއެވެ.

އެމެރިކާގެ ސަރުކަރުގެ ދިފައީ ވުޒާރަގެ ހާއްސަ މަންދޫބު ލީ ވޮލޮސްކީ ވިދާޅުވީ "ގުއަންޓަނާމޯ ޖަލުގައި ހުރި ދަށް ފެންވަރުގެ ވަސީލަތްތަކުގެ ސަބަބުން. ގައިދީންނަށް ބޮޑު އަނިޔާއަކަށްވެ އެމެރިކާގެ ގާތް އެކުވެރި ގައުމުތަކުގެ ނަފުރަތު އެމެރިކާއަށް ލިބެމުންދާ" ކަމަށެވެ.

"އެކަމަކު އަހަރެމެންގެ އެކުވެރި ގައުމުތަކުގެ އެއްބރުލުމައެކު އެކަކަން ކުޑަ ކުރެވި. ގައިދީންކަންކަން ހައްލެއް ލިބެމުން މިދަނީ" ވޮލޮސްކީ ވިދާޅުވިއެވެ.