ކަނޑުމަތީގެ ހާދިސާ

ޔޮޓެއް އަޑިއަށްދާތީ ސިފައިން ގޮސްފި

Aug 18, 2016

ކުޑަވިލިނގިލި ފަޅުތެރޭގައި އޮތް ޔޮޓެއް އަޑިއަށް ދާތީ އެ އުޅަނދު ސަލާމަތް ކުރަން ފަށައިފި އެވެ. ބޮޑު ބައި އަޑިއަށް ގޮސްފައި ވަނީ "ދޮންކަމަނަ" ކިޔާ ޔޮޓެކެވެ. އެ ޔޮޓް އަޑިއަށް ދާން ފެށީ މިއަދު އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ އެ ރަށުގެ ފަޅު ތެރޭގައި އޮތް ޔޮޓެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުމާއެކު އެ ޔޮޓް ސަލާމަތްކުރުމުގެ މަސައްކަތުގައި ސިފައިންނާއި ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ދީފައެއް ނުވެ އެވެ.

ޔޮޓެއް ސަލާމަތްކުރުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު މިދިޔަ އަންގާރަ ދުވަހު ސިނާއީ އަވަށު ނެރު ކައިރިއަށް އަޑިއަށް ދިޔަ ދޯނި ސިފައިންގެ މަސައްކަތުން އިއްޔެ ވަނީ ފެންމަތިކޮށްފަ އެވެ.