ވިޔަފާރި

އަޔާދީ ހައްޖު ތަކާފުލްއަށް ހައްޖުވެރިންގެ ބޮޑު ތަރުހީބެއް!

Aug 18, 2016
  • ދަތުރުމަތީ ލިބޭ ގެއްލުމަށް ބަދަލު ލިބޭ
  • އެއް ލައްކަ ރުފިޔާއާ ހަމައަށް ބަދަލު
  • އެއްޗެއް ގެއްލުމުންވެސް ކަވަރު ކުރޭ

އެލައިޑް އިންޝުއަރެންސުގެ "އަޔާދީ ހައްޖު ތަކާފުލް" އަށް ހައްޖުވެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ އެލައިޑްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންނަށް ކުރިއަށް ގެންދިޔަ ޓްރެއިނިން ޕްރޮގްރާމުގައި ވަގުތުން ދީފައިވާ ކަމަށެވެ. އަޔާދީ ތަކާފުލްގެ މި ޕްލޭނަކީ އެންމެ 1000ރ. ދައްކައިގެން އެއްލައްކަ ރުފިޔާއާ ހަމައަށް ބަދަލު ލިބޭ ޕްލޭނެކެވެ.

މި ސްކީމުން ބަދަލު ލިބޭ ފަރާތްތަކުގެ ތެރޭގައި ފައިސާ އާއި އަގުހުރި ތަކެތި ގެއްލިގެން ނުވަތަ ޗެކިން ކުރުމަށްފަހު އަނބުރާ ލިބުން ލަސްވުމުން ދިމާވާ ގެއްލުންތައް ހިމެނެ އެވެ. އަދި މި ސްކީމުގެ ދަށުން ބޭސް ފަރުވާ މުޅިން ހިލޭ ލިބެ އެވެ.

އެ ކުންފުނިން ބުނީ މި ޕްލޭން ނެގުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެތައް މިތަނުން ދިގު ރާސްތާގައި ދަތުރު ކަޑައްތު ކުރުމަށް ޖެހުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއް ތަނަކަށް މީހުން ޖަމާވެ އުޅެން ޖެހުމުން މަދުންނަމަވެސް ހިތާމަވެރި ހާދިސާތައް މެދުވެރިވެ އެވެ،" އަލައިޑުން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ޕާސްޕޯޓް ކޮޕީ އަދި ހައްޖު ކާޑު ކޮޕީ އަޔާދީ ތަކާފުލް އޮފީހަށް ހުށަހެޅުމުން ލިބޭނެ ކަމަށެވެ.