ވިޔަފާރި

ދިރާގު ފައިބަރު ނެޓްވޯކް މާފުށީގައި އަޅާ ނިންމާލައިފި

Aug 20, 2016
2

ދިރާގު ފައިބަރު ނެޓްވޯކް ފުޅާކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ކ. މާފުށީގައި މަސައްކަތް ނިންމާލައިފި އެވެ.

ދިރާގުން ބުނީ ކ. މާފުށީގައި ފައިބަރު އޮޕްޓިކަލް ނެޓްވޯކް ގާއިމް ކުރެވިގެން ދިއުމާއެކު ފައިބަރު-ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް އެ ރަށުގެ ހުރިހާ ގެތަކާއި ވިޔަފާރިތަކަށް ފުޅާ ވެގެންދާނެ ކަމަށެވެ.

"މިހާރު ވެސް ކ. މާފުށީގެ ގިނަ ވިޔަފާރިތަކާއި ގެތަކުން ހިދުމަތްއް ޝައުގުވެރިކަން ފާޅުކުރަމުންދާއިރު، ބޮޑު ތަރުހީބެއް މި ހިދުމަތައް އަންނަނީ ލިބެމުންނެވެ،" ދިރާގުން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތް ފެށުމާ ދިމާކޮށް އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ހާއްސަ ޕްރޮމޯޝަނަކާއެކު އެ ހިދިމަތް ދިނުމަށް ފެށުން، ހަމަޖެހިފައިވާ ކަމަށެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓު ސްޕީޑް ކަމަށްވާ 100 އެމްބީޕީއެސްއާ ހަމައަށް އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ، އަދި އެކެއް ޓީބީގެ ޕެކޭޖުތައް މާފުށީ ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ދިރާގުން ބުނީ މިހާރު ފައިބަރު ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓު ފޯރުކޮށްދެމުން ދަނީ މާލެ- ހުޅުމާލެއަށް އެކަނި ކަމަށެވެ.

އިންޓަނެޓުގެ ހިދުމަތަށް ބޮޑު ބަދަލެއް ގެންނަމުން ގެންދާ ދިރާގުން ވަނީ މިމަހުގެ ތެރޭގައި ފައިބަރު ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް އިންޓަނެޓުގެ އަގު ހެޔޮކޮށްފަ އެވެ.