ކަނޑުމަތީގެ ހާދިސާ

ޑިންގީއެއްގައި މަހަށް ނުކުމެ އޮޔާދިޔަ މީހަކު ރަށަށް ގެނެސްދީފި

Aug 21, 2016

އައްޑު އަތޮޅު މީދޫއިން ޑިންގީއެއްގައި އެކަނި މަހަށް ނުކުތް މީހަކު، މޫސުން ގޯސްވެ ހާލުގައި ޖެހިފައި ވަނިކޮށް ކޯސްޓްގާޑުން އެހީވެ ދީފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 11:00 އެހާކަންހާއިރު އެ މައުލޫމާތު ލިބުމާއެކު ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް ޑިންގީގައި ހުރި މީދޫ، ޒޯނިޔާ އިބްރާހީމް މުޙައްމަދު 61، އަށް އެހީވެދީފައިވާ ކަމަށެވެ. އޭނާ މަހަށް ނުކުތީ މިއަދު ހެނދުނު އެވެ.

ސފައިން ދިޔައިރު ރަށަށް އާދެވޭ ގޮތް ނުވެގެން ޑިންގީ އޮތީ ރުއް ހުރާގެ ފަރުކޮޅުގެ ބޭރުގައި ނަގިލި ޖައްސައިގެނެވެ. އެމީހާ ސަލާމާތްކޮށް މިހާރު ވަނީ މީދޫއަށް ގެންގޮސްފަ އެވެ.