ނާސާއިން ޖައްވަށް ފޮނުވި ދެ އެސްޓޮނޯޓުން ނުވަތަ ޖައްވީ ފަޅުވެރިން ވަނީ ވިޔާފާރި ބޭނުމަށް ޖައްވީ ފަތުރުވެރިކަމުގައި ޖައްވަށް ދާނެ އުޅަނދުފަހަރު ޕާކް ކުރުމަށް ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތަށް މިދިޔަ ހުކުރު ދުވަހު ޖައްވީ ސްޓޭޝަނުން ބޭރަށް ނިކުމެފަ އެވެ.
ޖައްވީ ސްޓޭޝަންގެ ކޮމާންޑަރު ޖެފް ވިލިއަމްސް އާއ ފްލައިޓް އިންޖިނިއާ ކޭޓް ރޫބިންސް ވަނީ ޖައްވުގެ ތެރޭގައި ހަ ގަޑިއިރު ވަންދެން "ހިނގާފަ" އެވެ
ނާސާ ޓީވީން ދެއްކި ވީޑިއޯ ތަކުން ފެންނަ ގޮތުގައި ވިލިއަމްސް އާއި ރޫބިންސް ވަނީ ސްޓޭޝަންގެ ވައި ގޮޅި އާއި ސްޓޭޝަންގައި ފަޅުވެރިން ތިބޭ ހިސާބާއި ދެމެދު ބޭރުން، "ޕާކިން ޒޯން" ހެދުމަށް މސައްކަތް ކުރާތަން ވަނީ ދައްކާފަ އެވެ.
"ރީތި މަންޒަރެއް" ރޫބިންސް ޖައްވުގެ ތެރޭގައި ފުރަތަމަ ފަހަރަށް "ހިނގުމަށްފަހު" ބުނެފައިވެ އެވެ.
ހުކުރު ދުވަހު ޖައްވީ ސްޓޭޝަން ބޭރުގައި ގިނަ ގަޑިއިރުތަކެއް ހޭދަކޮށް ވިލިއަމްސް އާއި ރޫބިންސް ވަނީ ޕާކިން އޭރިއާ ހެދުމަށް ބޭނުންވާ ސާމާނު ބޭރުގައި ހަރުކޮށްފަ އެވެ. މި މަޝްރޫއު ނިމުމުން ކޮމާޝަލް ބޭނުންތަކަށް ދަތުރު ކުރާނެ ޓެކްސީ ޕާކު ކުރުމަށް ޕާކިން އޭރިއާ އަކާއި ޖައްވީ ހޯދުންތަކުގެ ދާއިރާއިން 100 ބިލިއަން ޑޮލަރުގެ ލެބޯޓަރީ ދިރާސާ ތަކުގެ މައުލޫމާތު 400 ކިލޯ މީޓަރު (250 މޭލް) ދުރުގައިވާ ބިމަށް ފޯރުކޮށްދޭނެ އެވެ.
"މި މަސައްކަތް ނިމުމުން ޖައްވީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް އާ އިންގްލާބެއް އަންނާނެ،" ނާސާގެ މިޝަން ކޮމަންޓޭޓާ ރޮބް ނާވިސް ވިދާޅުވިއެވެ.
ކެލިފޯނިއާ ހުންނަ ސްޕޭސް އެކްސް ހިންގަމުންދާ އެންޓަޕްރިނިއާ އެލަންމަސްކުން ޕްލޭންކޮށްފައިވަނީ 2017 ވަނަ އަހަރު ޓެސްޓް ދަތުރުތައް ޖައްވަށް ފެށުމަށެވެ.
ބޯއިންގް ފްލައިޓް ނުވަތަ ޖައްވީ އުޅަނދު ސީއެސްޓީ-100 ސްޓާލައިނާ ތާވަލު ކޮށްފައިވަނީ އޭގެ ދަތުރުތައް 2018 ވަނަ އަހަރު ފެށުމަށެވެ.
ނާސާއިން އެންމެ ފުރަތަމަ އުންމީދު ކުރީ އާ ޕާކިން އޭރިއާ މިދިޔަ އަހަރު ހަރުކުރުމަށެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުނީ އެކަމަށް ބޭނުން ކުރަން ތައްޔާރު ކުރި އެކިޔުޕްމެންޓް ޖައްވާ ހަމަޔަށް ގެންދަން މަސައްކަތް ކުރި ސްޕޭސް އެކްސް ބޯޓް މިދިޔަ އަހަރު ޖޫން މަހު އެކްސިޑެންޓް ވުމުންނެވެ.
އާ ޑޮކް ޕޯޓް ނުވަތަ "އުޅަދު ލަފާނެ ފާލަން" ތައްޔާރުކުރުމުގެ މަސައްކަތް ނާސާގެ ސައިންސްވެރިން ދަނީ ކުރަމުންނެވެ. ބެލޭވޭ ގޮތުގައި އެ ޑިވައިސް ޖައްވަށް ގެންދެވޭނީ 2018 ވަނަ އަހަރު ކުރީ ކޮޅުއެވެ.
ހުކުރު ދުވަހު ވިލިއަމްސް އާއި ރޫބިންސް ވަނީ ދެ ވަނަ ފާލަން ހެދުމަށް ބޭނުންވާ ތަނަށް ކޭބަލްއެއް އަޅާފައެވެ. ދެ ވަނަ ފާލަމުގެ އަމަލީ މަސައްކަތް ފަށާނީ 2018 ވަނަ އަހަރު ކުރީ ކޮޅު އެވެ.
ޖައްވީ ފަޅުވެރިން ވަނީ ޖައްވީ އުޅަނދުގައި އާދައިގެ މަރާމާތެއް ކުރުމަށް އިއްޔަ މަސައްކަތްކޮށްފައެވެ. ނަމަވެސް ނާސާއިން ވަނީ އިތުރަށް ޖައްވުގެ ތެރޭގައި ނުހިނގުމަށް ނިންމާފަ އެވެ. ސަބަބެއް ކަމަށް ނާސާއިން ބުނީ، "ވިލިއަމްގެ ސްޕޭސް ސްއިޓްގައި މައްސަލައެއް ދިމާވުމެވެ."
ވިލިއަމްސް އާއި ރޫބިންސް މިއަންނަ މަހު އެކެއްގައިވެސް ޖައްވުގެ ތެރޭގައި "ހިނގުމަށް" ނިކުންނާނެ އެވެ. އެއީ މިހާރު ބޭނުން ނުކުރާ ގޮތަށް ނިންމާފައިވާ ފިނިކުރާ ޕެނަލް ނިއުޅުވާލުމަށާއި ޖައްވީ ސްޓޭޝަންގެ ބޭރުގައި އެޗްޑީ ޓީވީ ކެމެރާއެއް ހަރު ކުރުމަށެވެ.