ދުނިޔެ

ކައިވެނި ހަފުލާ ޖަނާޒާ އަކަށް ބަދަލު ކޮށްލީ 14 އަހަރުގެ ކުއްޖެއް

Aug 22, 2016

ތުރުކީގެ، ގާޒިއަންޓެޕްގައި ކުރިއަށް ދިޔަ ކައިވެނީގެ އުފާ ވެރި ހަފުލާ ޖަނާޒާއަކަށް ބަދަލުކޮށްލުމުގެ ފަހަތުގައި ހުރީ އުމުރުން އެންމެ 12 އަހަރާއި 14 އަހަރުގެ ޒުވާނެއްކަން ތަހުގީގުތަކުން ހަމާވެއްޖެ އެވެ.

އަންކާރާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވީ އަމިއްލައަށް މަރުވެގެން ކައިވެނި ހަފްލާގއި ބޮން ގޮއްވާލީ، 12 ނުވަތަ 14 އަހަރުގެ ޒުވާނެއް ކަމަށެވެ.

އުރުދުގާން ވިދާޅުވީ 14 އަހަރުގެ ޒުވާނެއް ބައިވެރިކޮށްގެން ބޮމުގެ ހަމަލާ ދިނުމުގެ ފަހަތުގައި އޮތީ އިސްލާމިކް ސްޓޭޓް ނުވަތަ ދާއިޝްގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެވެ. ޖާނުން ފިދާވެގެން ބޮމުގެ ހަމަލާ ދިން ޒުވާނާގެ ހަށިގަނޑު ވަނި އެސަރަހައްދުން ފެނިފަ އެވެ.

އުރުދުގާން ވިދާޅުވީ އައިއެސްއާ ދެކޮޅަށް ތުރުކީން ކުރާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށާއި އެ ހަމަލާތައް ވަރުގަދަ ވެސް ކުރާނެ ކަމަށެވެ.

ގާޒިއަންޓެޕްގެ ބޮމުގެ ހަމަލާގައި 51 މީހުން ވަނީ މަރުވެފަ އެވެ.