ދުނިޔެ

ސިންގަޕޫރުގެ ކުރީގެ ރައީސް ނަތަން އަވަހާރަވެއްޖެ

Aug 22, 2016

ސިންގަޕޫރުގެ ކުރީގެ ރައީސް އެސްއާރް ނަތަން މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

އެގައުމުގެ ބޮޑުވަޒީރު ލީ ސިއެންގް ލުންގްގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އުމުރުފުޅުން 92 އަހަރުގެ ނަތަން އަވަހާރަވެފައި ވަނީ މީގެ ތިން ހަފުތާ ކުދިން ޖެހުނު ސްޓްރޯކަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ސްޓްރޯކަށް ފަހު ނަތަން އަށް ފަރުވާ ދެމުން ގެންދިޔައީ ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. އަވަހާރަވީ އެގޮތުގައި އޮވެ، ހޭ ވެސް ނާރައި ކަމަށް ރިޕޯޓްތައް ލިބެ އެވެ.

ނަތަން އަކީ ސިންގަޕޫރުގައި އެންމެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރެއްވި ބޭފުޅާ އެވެ. ރައީސްކަން ކުރެއްވީ 1999 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށެވެ. ނަތަން އަކީ އިންޑިއާގެ ތަމަޅައިންގެ ދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.