އަވަސް ވީކެންޑް

ހައިރައިޒް އިއްސޭގެ ކާމިޔާބީ: އިތުބާރާއި ޔަގީންކަން!

  • ކޮންމެ ކަމެއް ކުރަނީ އިތުބާރާއެކު
  • ކާމިޔާބު ހޯދީ ބުރަ މަސައްކަތުން
  • އިވެންޓް ރޭވުމުގައި ކުރި ހޯދި

ރާއްޖޭގައި ބޭއްވި ފުރަތަމަ "ބީޗް ސޮކާ ފެސްޓިވަލް" އިންތިޒާމު ކުރީ މި ސިކުނޑިންނެވެ. ޒުވާން ދުވަސްވަރުގެ އެކުވެރިންނާއި އެކުގައި ބައިވެރިވެގެން އެވެ. އޭގެ އަހަރު ތަކެއް ފަހުން މިއަދު މި ފެންނަނީ، އޭނާ އުފެއްދި ވަރުގަދަ ބްރޭންޑެކެވެ. ހަމަ ގައިމުވެސް އަޖައިބެއް ނޫނެވެ! މިއީ ބުރަ މަސައްކަތުގެ ފޮނި މޭވާ އެވެ. އިސްމާއިލް ހަމީދު އާއްމުންގެ ނަމުންނަމަ (ހައިރައިޒް އިއްސޭ) ކޮންމެކަމަކާވެސް ވެސް ކުތިމަތިލަނީ އިތުބާރާއި ޔަގީންކަމާއެކުގަ އެވެ. ކާމިޔާބު ކުރަނީ ނުގުޑާނެ އަޒުމުންނެވެ.

"ގާތް ކޮލީގުން [ވިޝާމް] މެންނާއެކު ރާއްޖޭގައި ބޭއްވި ފުރަތަމަ ބީޗް ވޮލީ އިންވެންޓް އިންތިޒާމުކުރީ. އޭރުގެ އޮލިމްޕިކް ކޮމެޓީގެ ޗެއާމަން މަރުހޫމް ޒާހިރު އަރިހަށް ގޮސްގެން ހުއްދަ ހޯދައިގެން. ބީޗް ސޮކާ ރާއްޖެއަށް ތައާރަފު ކުރަން. މިއުޒިކް އާއެކު،" އެއީ 1990 ވަނަ އަހަރު މިހާރުގެ ހައިރައިޒް އިއްސޭގެ އިވެންޓްތައް އިންތިޒާމު ކުރުމުގެ ފުރަތަމަ ތަޖުރިބާއަކީ މިއީ އެވެ.

މީގެ ފަހުން އިއްސޭ ނުކުތީ ގޮން ޖެހުން ތަކާކުރިލަތިލުމަށެވެ. ގޮންޖެހުންތަކާ ކުރިމަތިލައި އެ ހުރަސްތައް ގިރާކުރުމަކީ އޭނާ ކުރާ ހިއްވާ ކަމެކެވެ. ރާއްޖޭގައި އެންމެ ކާމިޔާބުކޮށް ބޭއްވި ފެޝަން ޝޯވް "ޕްރޯ މޮޑެލްސް-ރަންވޭ ފެޝަން ޝޯވް" ބޭއްވި އެވެ. މިއީ އިއްސޭ ބޮޑެތި އިވެންޓްތައް ނެގުމާއި ދިމާލަށް ދާން ފެށި ހިސާބެވެ؛ އޭގެ ފަހުން "ލިވިން އެކްސްޕޯ" ބޭއްވި އެވެ. އަދި އުނޫޝާގެ ޝޯވް ތަކެއް އެކި ގައުމުތަކުގައި ބޭއްވި އެވެ. މިއީ މަޝްހޫރު ލަވަ ކިޔުންތެރިޔާ އުނޫޝާގެ އަޑު ދުނިޔެއަށް ފޯރި ހިސާބެވެ. މީގެ ފަހުން ދިވެހި އާޓިސްޓުން ދުނިޔެ އަށް ނެރުމަށްޓަކައި "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯވްތައް ބޭއްވި އެވެ. މި ޝޯވްތައް ދުނިޔޭގެ ފަސް ގައުމެއްގައި ބޭއްވި އެވެ. އަދި އެއަށްފަހު "އެފްއެންބީ" ޝޯވް އެއް އިންތިޒާމު ކުރީވެސް އިއްސޭ އެވެ.

"ރާއްޖޭގައި ވަރަށް ގިނަ ކަންތައްތަައް ހުންނާނެ ފުރަމަ ހައިރައިޒް އިން ކޮށްފައި.މިހާރު ފޮތް ވެސް ހަދަން. ފިލްމް އެވޯޑު ވެސް އިންތިޒާމު ކުރިން. ޓްރެވަލް އެވޯޑްސް ވެސް. މިހާރު މި ކުރާ މަސައްކަތަކީ ސައުތު އޭޝިޔާ ގައުމުތަކުގައި އެވޯޑެއް [ސަޓާ] އިންތިޒާމު ކުރުން. ދިވެހި ކުންފުންޏަކަށް ބަލާއިރު މިއީ ފަހުރުވެރި މަސައްކަތެއް،" އިއްސޭ ބުންޏެވެ.

މި ހިސާބުން އިއްސޭގެ މަސައްކަތް ނިމުނީ އެއް ނޫނެވެ. އިއްސެއަކީ ސަފާރީ އިންޑަސްޓްރީ އާއި ސަފާރީ ބޯޓު ފަހަރާ ވަރަށް ދޯޅު ބޭފުޅެކެވެ. އެހެންވެ އިއްސޭގެ މަސައްކަތުން އިންޓަނޭޝަނަލް މާކެޓަށް ހާއްސަކޮށްގެން "ފްލޯޓިން އޭޝިޔާ" ގެ ނަމުގައި މަޖައްލާއެއް ނެރެން ފެށި އެވެ. މިކަން ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ.

"ފްލޯޓިން އޭޝިޔާގައި ތައިލޭންޑް، ފިލިޕީންސާއި އިންޑޮނޭޝިޔާގެ ބޯޓު ފަހަރު ވެސް ޝްތިހާރު ޖަހާ މިހާރު،" އިއްސޭ ބުންޏެވެ.

ސްކޫލުން ލިބުނީ އެންމެ ސެޓްފިކެޓެއް!

ކިޔެވުމަކީ ފޮތަކުން ކުރާ ކަމެއް ނޫނޭ ބުނަނީ މިހެންވެ އެވެ. އޭގެ މިސާލަކީ އިއްސޭ އެވެ. މަޖީދިއްޔާ ސްކޫލުން ކިޔެވި، އިއްސޭ އަށް ސްކޫލުން ލިބުނީ އެންމެ ސަނަދަކެވެ. އެންމެ ސެޓްފިކެޓެކެވެ. ނަމަވެސް ސްކޫލްގައި އުޅުނުއިރު ލިޔުންތެރިކަމުގެ ދާއިރާގައި އުޅުއްވި އެވެ.

"މަޖީދިއްޔާގައި އުޅުނުއިރު ކްލާހުގައި ހެދި މަޖައްލާ އެއް [ހަވާސް] ހަދައިގެން ލިބުނު ސްކޫލުން އެއްވަނަ. މިއަދު ވެސް ފޮތް ހަދަން. ފްލޯޓިން އޭޝިޔާއަކީ އޭގެ ނަތީޖާ،" އިވެންޓް ހިންގާ ރޭވުމުގެ ރޮނގުން ޒުވާނުންނަށް ދޭ ސަރުކާރުން ދޭ ގައުމީ އިނާމު މިދިޔަ އަހަރު ލިބިފައިވާ އިއްސޭ ވިދާޅުވި އެވެ.

"ސްކޫލް ދައުރުގައި އެހާ އެކްޓިވް މީހެއް ނޫން މިއީ. އެކަމަކު ވަރަށް ގިނަ އިން ފުޅުބޯޅަ ކުޅެން ދަން. ހެނދުނު ވެސް ދަން. ހަވީރު ވެސް ކުޅެންދާން ޖެހޭ،" އިއްސޭ ވިދާޅުވި އެވެ.

ހައިރައިޒް: ލާރި ނެތިގެން ކީނަމެއް؟

ހައިރައިޒް ކުންފުންޏަކީ ތަފާތު ގޮތަކަށް އުފެދުނު ވިޔަފާރި އެކެވެ. އިއްސޭ ފްލޯޓިން އޭޝިޔާ މަޖައްލާއާ ހަމައަށް އައިރު އަތުގައި އެކައްޗެއް ވެސް ނެތެވެ. އަތްމަތި އޮތީ ހުސްވެފަ އެވެ. އެ ވަގުތު އެންމެ ބޮޑަށް އެހީތެރިކަމެއް ދިނީ ރަހުމަތްތެރިންނެވެ. ހާއްސަކޮށް ފަޔާޒް އިސްމާއިލް އާއި ކިރާމް އަދި އަބްދުﷲ އާއި ޝާޑް އަދި މުފީދާގެ އިތުރުން ސަފާރީ ބޯޑް އިންޑަސްޓްރީގެ ފަރާތްތަކުގެ ނަން އިއްސޭ ފާހަގަ ކުރެ އެވެ.

"ބައެއް މީހުން ފައިސާގެ އެހީ ވެސް ދިން. މެނޭޖުމަންޓް ސައިޑުން ވެސް އެހީވި، ދެން އަބަދު ވެސް ކައިރީގައި ހުންނާނެ އިސްމާއިލް ޝިފާޒް [ޗިއްޕެ، ހައިރައިޒް އެމްޑީ] ހައިރައިޒް އަކީ މައްޗަށް ދިއުން. އުސްމިން. އެ ކަމަކު މި ނަން ކިޔަން ޖެހުނީ އަތުގައި ފައިސާ ނެތީމަ. ހަގީގަތުގައި އޭރު އަތަކު ނެތް އެކައްޗެއް ވެސް. ހައިރައިޒް ޑިވްލޮޕް ކުރަން އާއިލާގެ އެހީއެއް ނޫން ހޯދީ. ހަމަ އަމިއްލަ މަސައްކަތުން ޑިވްލޮޕް ކުރެވޭތޯ ބެލީ،" އިއްސޭ ވިދާޅުވި އެވެ.

ކާމިޔާބުގެ ލިސްޓުގެ ކުރީގައި އަންހެނުން

އިއްސެގެ ކާމިޔާބުގެ ދަތުރުގައި ލިސްޓުގެ އެންމެ ކުރީގައި އޮތީ އޭނާގެ އަންހެނުންނެވެ. ނިއުމާއަކީ އިއްސެގެ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ހިތް ވަރުދޭ ބައިވެރިޔާ އެވެ. އެހެންވެ އިއްސޭގެ ކާމިޔާބުގައި ނިއުމާގެ ނަން އަންނަނީ އެއްވަނަ އަށެވެ. ދެން މި ލިސްޓުގައި ހިމެނޭ ހައިރައިޒްގެ އެމްޑީ ޗިއްޕެ އާއި ހައިރައިޒްގެ ޓީމެވެ.

"މި ކަހަލަ ކަމެއް ކުރާއިރު ވަރަށް ޓައިމް ބޭނުންވާނެ. ފުރަތަމަ ކަމަކީ ޓައިމް. އަނެއް ކަމަކީ މޫޑް ބިޒީވެފައި ހުރުން ފަދަ ކަންކަން ވައިފް ގަބޫލު ކުރާނެ. ކޮންމެ ކަމެއްގައި ވެސް އައިޑިޔާ ދޭނެ،"" އިއްސޭ ވިދާޅުވި އެވެ.

"އަސްލު މި މަސައްކަތުގައި ހައިރައިޒްގެ ޓީމްއަކީ އެންމެ މުހިންމު ބަޔަކީ. އަޅުގަނޑު އެކަނިނަމަ މިއީ ވާނެ ކަމެއް ނޫން. އައިޑިޔާއެއް އައީމަ ގޮސް ޓީމާ ޑިސްކަސް ކުރަނީ. މަސައްކަތް ކުރާނީ ޓީމުން."

އިއްސެ ވިދާޅުވި ގޮތުގައި ކާމިޔާބަށް ވާސިލްވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ކޮންމެ ކަމެއް ވެސް އުންމީދާއެކު މަސައްކަތް ކުރުމެވެ.

"ކޮންމެ ކަމެއް ކުރާއިރު ވެސް ފުރަތަމަ ކަމަކީ ސެލްފުން އެ ކަމެއް ގަބޫލު ކުރުން. ފުރަތަމަ އެކަމެއް ވާނެއޭ ގަބޫލު ކުރުން. އެ ބިލީވް ކުރާ ހިސާބުން މަސައްކަތް ކުރަން ރެ އާއި ދުވާލު އެ ކަމެއް ކާމިޔާބު ކުރަން. އިރާދުކުރެއްވިއްޔާ ކާމިޔާބު ވޭ. ޗެލެންޖާސްއާ ކުރިމަތިލުމަކީ ވަރަށް ކުރާ ހިތް ވާކަމެއް. އެޗީވް ވެސް ކުރަން،" އިއްސޭ ވިދާޅުވި އެވެ.

އިއްސެގެ ކާމިޔާބީ ފެށިގެން އައުމުގައި "އިންސްޕައަރިން" މީހުން ވެސް އެ ބަތިއްބެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ބެލި ފަރާތަކީ އާޓްލައިން މާނު (މާލް) އެވެ.

"ޑެސްޓިނޭޝަން ގައިޑް ވެސް ނެރުނު މާލް. މާލު އަޅުގަނޑަކަށް މެސެޖް ކޮށްފައި ތިޔަކަން އިއްސޭ ތިކުރަނީ ވަރަށް ރަނގަޅަށޭ ބުނި ދުވަސް މިއީ ވަރަށް ބޮޑަށް އުފާވި ދުވަހެއް. މާނަކީ ރާއްޖެއަށް މޮޑާން އެޑްވަޓައިޒިން ގެނެސްދިން މީހަކީ އަޅުގަނޑު ގަބޫލުރާ ގޮތުގައި،" އިއްސޭ ވިދާޅުވި އެވެ.

އިއްސޭ ވިދާޅުވި ގޮތުގައި މިހާރު ހަރަކާތެރިވާ އިވެންޓް އޮގަނައިޒިން ދާއިރާއިން، ނުފެނުނުނަމަ، ދެން ފެނުން އެންމެ ގާތީ ފުޓުބޯޅަ ދަނޑުންނެވެ.

"ޕީއާރުން ވެސް ފެނިދާނެ. މިއުޒިކަށް ޝައުގުވެރިކަން ހުރޭ. ބޮޑަށް ބެލެވެނީ ފެނުން ގާތީ ފުޓު ބޯޅަ ކުޅޭތަނޭ،" އިއްސޭ ވިދާޅުވި އެވެ.

އިއްސޭ ޒުވާނުން ނަށް ދޭނެ ނަސޭ ހަތެއް އެ ބައޮތެވެ. އެ ނަސޭހަތަކީ ކޮންމެކަމެއް ވެސް ކުރެވޭނެކަމުގެ ޔަގީންކަމާއެކު، އެ ކަމަކަށް އަޒުން ކަނޑައަޅައިގެން މަސައްކަތް ކުރުމެވެ. މި ގޮތަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމަށް އިއްސޭގެ ހަޔާތުން ސާބިތުކޮށްދެ އެވެ.