ދުނިޔެ

ކެނަޑާގެ އަންހެން ފުލުހުންނަށް ބުރުގާ އަޅަން ހުއްދަ ދެނީ

Aug 25, 2016

ކެނާޑާގެ އަންހެން ފުލުހުންނަށް ބުރުގާ އެޅުމުގެ ހުއްދަ ދޭން ނިންމާއިފައިވާ ކަމަށް އެ ގައުމުގެ ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ކެނަޑާގެ ރޯޔަލް މައުންޓެޑް ފުލުހުން، އެގައުމުގެ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރާ ފުލުހުންގެ ޔުނީފޯމް މިންގަނޑު ބަދަލު ކުރިއިރު މުސްލިމުން އަންހެން ފުލުހުންނަށް ބުރުގާ އެޅޭނެ ގޮތަށް ޔުނީފޯމް ކޯޑް ވަނީ އިސްލާހް ކޮށްފައެވެ.

ކެނާޑާގެ ފުލުހުންގެ އިދާރާއިން ބުނީ އެގޮތަށް ނިންމީ އެގައުމުގެ މުސްލިމުންގެ ތެރެއިން ގިނަ އަންހެނުން، ފުލުހުންގެ ދާއިރާއަށް ވަނުމަށް ޝައުގުވެރި ކުރުމުގެ ގޮތުންނެވެ.

ކެނަޑާގެ އިތުރުން ސްކޮޑްލޭންޑްގައިވެސް ވަނީ އަންހެން ފުލުހުންނަށް ބުރުގާ އެޅުމުގެ ހުއްދަ ދީފައެވެ.

މިކަމާ ބެހޭގޮތުން ސްކޮޓްލޭންޑްގެ ފުލުހުންގެ ކޮންސްޓެބަލް ފިލް ގޯމްލޯ ވިދާޅުވީ މި ނިންމުމަށް ސްކޮޑްލޭންގެ މުސްލިމް ކޮމިޔުނިޓީންނާއި މިކްސް ކޮމިޔުނިޓީންވެސް އެކަމަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

"އަހަރެމެން އުންމީދު ކުރަން ޔުނީފޯމް ކޯޑަށް ގެނައި ބަދަލުތަކުން ފުލުހުންގެ ތެރޭގައިވެސް މިކްސް ކޮމިޔުނިޓީގެ މެދުގައި ހުނަރާއި ތަޖުރިބާ ބަދަލު ކުރުމަށް އެހީއަކަށް ކަމަށް. އަދި މިއީ މުސްލިމުންނަށް ސްކޮޓްލޭންޑްގެ ފުލުހުންގެ އިދާރާއިން ފުރުސަތު އޮތްކަން ހާމަކޮށްދިން ކަމެއް" ގޯމްލޯ ވިދާޅުވިއެވެ.