ބޮލީވުޑް

ރިތިކްގެ އަމަލުތަކުން "ކާބިލް" އަށް ބޮޑު ގެއްލުންތަކެއް

Aug 26, 2016
1

ދެހާސް ސާދަވަނަ އަހަރުގެ ފަހުކޮޅު ނިކުތް ރިތިކް ރޯޝަންގެ "ބޭންގް ބޭންގް" އަށްފަހު މިމަހުގެ 12 ވަނަ ދުވަހު ރިލީޒްކުރި "މޮހެންޖޯ ދަރޯ" އާ ދެމެދު އޭނާގެ އިތުރު ފިލްމެއް ރިލީޒްވެފައެއްނުވެ އެވެ.

އަހަރެއްހާ ދުވަސްފަހުން ރިތިކްގެ "މޮހެންޖޯ ދަރޯ" ރިލީޒްވި ނަމަވެސް އުންމީދުކުރި ގޮތާ ހިލާފަށް މިފިލްމަށް މާބޮޑު ކާމިޔާބީއެއް ނުލިބި ވަނީ ފްލޮޕްވެފަ އެވެ.

ގާތްގަނޑަކަށް އަހަރެއްހާ ދުވަހުން ޝޫޓްކުރެވުނު މިފިލްމަށް ބޮޑު ނާކާމިޔާބީއެއް ލިބުމުން ރިިތިކް ހުރީ އިންތިހާއަށް މާޔޫސްވެފަ އެވެ.

އެގޮތުން މިހާރު ރިތިކް، ބަތަލާ ޔާމީ ގޯތަމީ އާއެކު ކުޅެމުން އަންނަ ސަންޖޭ ގުޕްތާގެ "ކާބިލް" އަށް އަންނަނީ ރިތިކްގެ އަމަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. "މޮހެންޖޯ ދަރޯ" ރިލީޒްވެ، އެފިލްމަށް ބޮޑު ނާކާމިޔާބީއެއް ލިބުނު ފަހުން ރިތިކް މިފިލްމުގެ ޝޫޓިން އަށް ނުދާކަމަށްވާއިރު، މިފަހަކަށް އައިސް ފިލްމުގެ ސެޓުގައި ވެސް ވަރަށް ރުޅިގަދަވެގެން އެކި މީހުންނާ ޒުވާބުކޮށްފައިވާ ކަމަށްވެ އެވެ.

ރިތިކް މިފިލްމުގެ ޝޫޓިން އަށް ވަކި ސަބަބެއް ނާންގައި ނުދާއިރު، އޭނާ ނުދާ ކޮންމެ ދުވަހެއްގެ ޝޫޓިން ކުރިއަށް ނުގެންދެވި ފިލްމަށް އަންނަނީ ކޮންމެ ދުވަހަކަށް 12 ލައްކަ ރުޕީޒްގެ ގެއްލުމެއް ވަމުންނެވެ.

ރިތިކްގެ އެންމެފަހުން ނިކުތް ފިލްމުވެސް ރިލީޒްވިތާ ދެހަފްތާވެފައިވާއިރު، މިހާރު "ކާބިލް" ގެ ޝޫޓިން އަށް އޭނާ ނުދަނީ ބަލިވެގެން ކަމަށް ބައެއް ނޫސްތަކުގައިވެ އެވެ. އެގޮތުން ފަސް ވަރަކަށް ދުވަހުގެ ޗުއްޓީއެއްގައި އޭނާ މިހާރު ހުރިއިރު، ވޭތުވެދިޔަ މަހެއްހަ ދުވަހުން ފެށިގެން ރިތިކްގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ "މޮހެންޖޯ ދަރޯ" ގެ ޕްރޮމޯޝަން މަސައްކަތަށެވެ.

އަންނަ ޖެނުއަރީ 26 ވަނަ ދުވަހު ޝާހްރުކް ޚާންގެ "ރައީސް" އާއެކު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމު ޕްރޮޑިއުސްކުރަނީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އެވެ.