ކުޅިވަރު

އެމްވީ ޓްވިޓްސަލް: ފިރިހެން ޗެމްޕިއަން ކަން މޫޝާން އަށް، އަންހެން ޗެމްޕިއަންކަން ޓޫ ޓޯންސް އަށް

Aug 27, 2016

ރާއްޖޭގެ ޓްވިޓާ ކޮމިޔުނިޓީ އިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ، ފުޓްސެލް މުބާރާތް، އެމްވީ ޓްވިޓްސަލްގެ މިއަހަރުގެ މުބާރާތުން ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް މޫޝާން ހޯދިއިރު އަންހެން ކެޓަގަރީގެ ޗެމްޕިއަން ކަން ޓޫ ޓޯންސްއިން ހޯދައިފި އެވެ.

ފިރިހެން އަށް ޓީމު ވާދަ ކުރި މުބާރާތުގައި މޫސާން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކްރެކަން އެޑްވެންޗާސްގެ މައްޗަށް ޕެނަލްޓީ ޖައިގެން 3-1 ގޯލުން ކާމިޔާބު ހޯދައިގެންނެވެ.

ޕެނަލްޓީ އަށް ދިޔައީ ފައިނަލް މެޗްގެ ފުރަތަމަ ވަގުތު ހަމަވީއިރުވެސް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

އަންހެން ތިން ޓީމު ވާދަ ކުރި މުބާރާތުގެ ފައިނަލުގައި ޓޫޓޯންސް ކާމިޔާބު ހޯދީ ޓީމް ކުރަހާ ރާއްޕޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި ޓްވިޓްސަލް މުބާރާތް ބާއްވާ، ހަތް ވަނަ އަހަރެވެ. މިފަހަރުގެ ޓްވިޓްސަލްގެ މެއިން ސްޕޮންސަރަކީ ހަސަން މެރިން އިންޖިނިއަރިން އެވެ. މިދިޔަ އހަރުން ފެށިގެން ޓްވިޓްސަލް މުބާރާތުގެ ޗެރިޓީ އެއް ވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މިއަހަރުގެ ޗެރިޓީ ފަންޑަށް ލިބުނު ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވާނީ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމުގައިވާ އާކް އަށެވެ.