ރާއްޖެ ކުޅިވަރު

މިއަދުގެ ޗެމްޕިއަނުންނަކީ މުލަކާއި ދަރަނބޫދޫ އަދި ކުޑަހުވަދޫ

Aug 29, 2016

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު ފައިނަލް މެޗްތަކުން މޮޅުވެ، މ. މުލަކާއި ފ. ދަރަނބޫދޫ އަދި ދ. ކުޑަހުވަދު ޗެމްޕިއަނުންގެ ގޮތުގައި މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފޮއެވެ.

މިއަދު ކުޅުނު ފައިނަލް މެޗްގައި މ. އަތޮޅުގެ ޗެމްޕިއަން މުލަ ހޯދީ ނާލާފުށި ޓީމުގެ މައްޗަށް ދެ ލެގް މެޗުން މެޗް 7-1 ގެ ނަތިޖާއަކުން ކުރި ހޯދައިގެންނެވެ.

ފ. އަތޮޅު ޗެމްޕިއަންކަން ދަރަނބޫދޫ ހޯދީ ފައިނަލްގައި ނިލަންދޫގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 3-2 ން ކުރި ހޯދައިގެންނެވެ.

ދ. އަތޮޅުގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދީ ފައިނަލްގައި މީދޫގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 3-1 ކުރި ހޯދައިގެންނެވެ.

ޒޯން ބުރުގައި މުލައް ވާދަ ކުރާނީ ވ. އަތޮޅުން މުބާރާތުގައި ވާދަ ކުރި ހަމައެކަނި ރަށް ފުލިދުއާ ދެކޮޅަށެވެ. އެއަތޮޅުން ފުލިދޫ އެކަނި ބައިވެރިވުމުން އެޓީމަށް މުބާރާތް ފެށޭނީ ޒޯން ބުރުންނެވެ.

ޒޯން ބުރުގައި ކުޑަހުވަދޫއާ ވާދަ ކުރާނީ ދަރަނބޫދޫއާ ދެކޮޅަށެވެ.