ރާއްޖެ ކުޅިވަރު

މިލަންދޫ ބަލިކޮށް ލަންދޫ ފައިނަލް ރައުންޑަށް

Aug 30, 2016

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ދޭއް ގެ ބުރުގައި ށ. މިލަންދުގެ މައްޗަށް ކާމިޔާބު ހޯދައި ނ. ލަންދޫ މުބާރާތުގެ ފައިނަލް ރައުންޑަށް ދަތުރުކޮށްފި އެވެ.

ލަންދޫ މޮޅުވީ 3-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެނެވެ. އިއްޔެ ލަންދޫގައި ކުޅުނު މެޗުން 3-2 ގެ ނަތީޖާއިން ލަންދޫ ބަލިވި ނަމަވެސް ލަންދޫ އަށް ކުރި ލިބެނީ މިލަންދޫގައި ކުޅުނު މެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިފައި ވުމުންނެވެ.

މުބާރާތުގެ ފައިނަލް ރައުންޑަށް ދާނީ ކޮންމެ ޒޯންނަކުން ވެސް މޮޅުވާ ޓީމެކެވެ. ފައިނަލް ރައުންޑަށްފަހު ދެން ދަތުރު ކުރާނީ ސެމީ ފައިނަލަށެވެ.