ބޮޑީ ބިލްޑިން އެސޯސިއޭޝަނުން މިސްޓަ މޯލްޑިވްސް ހޮވުމަށް ބާއްވާ މުބާރާތުގެ މިސްޓަ މޯލްޑިވްސް ޓައިޓްލް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުހައްމަދު ރަޝީދު (ރަޗޭ) މިރޭ ހޯދައިފިއެވެ.
މި އަހަރުގެ މިސްޓަ މޯލްޑިވްސް ރަޗޭ ހޯދީ ބޮޑީ ބިލްޑިން ކެޓަގަރީގެ، 55 ކިލޯގްރާމް ކެޓަގަރީގައި ޗެމްޕިއަން މުހައްމަދު މޫސާ (މޯޑޭ) އާއި 65 ކިލޯގްރާމްގެ ޗެމްޕިއަން ޝާހީން އިބްރާހިމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މޯޑޭ އަށް ތިން ވަނަ މަގާމު ލިބުނު އިރު ޝާހީން ވަނީ ދެ ވަނަ މަގާމު ހޯދާފައެވެ.
ބޮޑީ ބިލްޑިން ކެޓަގަރީން ރަޗޭ ފައިނަލަށް ދަތުރު ކުރީ 75 ކިލޯގްރާމްގެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
75 ކިލޯގްރާމްގެ ކެޓަގަރީ
- އެއްވަނަ: މުހައްމަދު ރަޝީދު
- ދެވަނަ: މުހައްމަދު ޔާމީން
65 ކިލޯގްރާމްގެ ކެޓަގަރީ
- އެއްވަނަ: ޝާހީން އިބްރާހިމް
- ދެވަނަ: ހުޝާމް ހަމީދު
- ތިންވަނަ: ނިހާދު ރަޝީދު
55 ކިލޯގްރާމްގެ ކެޓަގަރީ
- އެއްވަނަ: މުހައްމަދު މޫސާ
- ދެވަނަ: މުހައްމަދު އަލީ
- ތިންވަނަ: މުހައްމަދު ލިޔާމް އާދަމް
މިސްޓަ މޯލްޑިވްސްގެ ޓައިޓްލްއަށް ވާދަކޮށްފައިވަނީ މި ތިން ކެޓަގަރީއިން އެއްވަނަ ހޯދި ފަރާތްތަކުންނެވެ.
މުބާރާތުގެ ފިޓްނަސް ފިޒިކްސް ކެޓަގަރީގެ ޗެމްޕިއަންކަން ލިބުނީ ފާލިހް މުހައްމަދަށެވެ. އޭނާ ޗެމްޕިއަންކަން ހޯދީ އަހްމަދު ސަލީމާއި އިސްމާއިލް ޝުއާއުގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. އެ ކެޓަގަރީގެ ދެވަނަ މަގާމު ހޯދީ ސަލީމްއެވެ. މި ތިން މީހުންނަކީ ފިޒްކްސްގެ ވަކިވަކި ކެޓަގަރީތަކުން އެއްވަނަ ހޯދި ތިން މީހުންނެވެ.
ފިޒިކްސް 165 ސެންޓި މީޓަރު ކެޓަގަރީ
- އެއްވަނަ: އަހުމަދު ސަލީމް
- ދެވަނަ: ރިޔާސް ރިޔާޒް
- ތިންވަނަ: އަލީ އިލްހާމް
ފިޒިކްސް 168 ސެންޓި މީޓަރު ކެޓަގަރީ
- އެއްވަނަ: ފާލިހު މުހައްމަދު
- ދެވަނަ: ހަސަން ވަހީދު
- ތިންވަނަ: ނޫހް އަބްދުލް ހާރިސް
ފިޒިކްސް 177 ސެންޓި މީޓަރު ކެޓަގަރީ
- އެއްވަނަ: އިސްމާއިލް ޝުއާއު
- ދެވަނަ: އަހުމަދު އަސްލަމް
- ތިންވަނަ: އަހުމަދު އަހްތަރު