ވިޔަފާރި

މެރީމީ ބައި ވައިޓް ރޫމް: ކައިވެންޏަށް ހޭވައްލާ ތައްޔާރު!

  • ކައިވެނީގެ ހެދުން ބޭނުން ސައިޒެއް
  • ސެންޓަޕީސް، ލައިޓް ނަން ހުސްކޮށް
  • ދެ ޖިންސުގެ ބޫޓް، ކޯޓް ލިބެން އެބަހުރި

ކައިވެންޏަކަށް ތައްޔާރުވަނީ ހެއްޔެވެ؟ އެހީތެރިކަމެއް ބޭނުންވޭ ހެއްޔެވެ؟ ބޭނުން ވަނީ ކޮން އެއްޗިއްސެއް ހެއްޔެވެ؟ ކައިވެނީގެ ހެދުން 'ވެޑިން ޑްރެސް' ގަނެވިއްޖެ ހެއްޔެވެ؟ ޕާޓީ ޒީނަތްތެރި ކުރާނެ ސާމާނު ހޯދީ ހެއްޔެވެ؟ އަޅެ ޕްލީޒް، މި ހުރިހާ އެއްޗެއް އެތަނަކުން ހޯދާނީ ކޮން ތަނަކުންކަން ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ދެނީ "މެރީމީ ބައި ވައިޓްރޫމް" އިން ނެވެ. ކައިވެނީގެ ސާމާނު ވިއްކަން ގ. އެކްރާ ގްރައުޑް ފްލޯ، (އޮޕިމްޕަސް ފުރަގަހު ގޯޅީ) ގައި ހުޅުވާފައިވާ މި ޝޯވް ރޫމުން ތިޔަ ސުވާލު ތަކަށް ޖަވާބު ލިބޭނެ އެވެ. މިތަން އެއޮތީ ކައިވެންޏަށް ހޭވައްލާ ތައްޔާރަށެވެ.

"މި [މެރީމީ ބައި ވައިޓްރޫމް] އަށް، އައިސް މަޝްވަރާ ކުރަންވީ، ތިމަންނާމެން ބޭނުންވަނީ މިވެނި ގޮތަކަށޭ ވެޑިން ބާއްވަން. މި ތަނަށް އައިސް މި މައުލޫމާތު ދިނުމުން އަޅުގަނޑުމެން ވެޑިން އަށް ބޭނުންވާ ސާމާނު ކުއްޔަށް ވެސް ދޫކުރަން. އަދި ވެޑިން ޕްލޭން ވެސް ކޮށްދެން،" މެރީމީ ބައި ވައިޓްރޫމްގެ މެނޭޖިން ޑިރެކްޓަރު ނަސްރުﷲ ސާލިހު ބުންޏެވެ،

މެރީމީ ބައި ވައިޓްރޫމުން ހަމައެކަނި ދެނީ ކައިވެނީގެ ރަސްމިއްޔާތުތަކަށް ބޭނުންވާ ސާމާނު އެކަންޏެއްވެސް ނޫނެވެ. މި ތަނުން އުފަން ދުވަހާއި އެނިވާސަރީ ފަދަ ކުލަ ގަދަ ޕާޓީތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، ކޭކު އަޅައިދިނުމުގެ ހިދުމަތްވެސް ދެ އެވެ. މި ތަނުގައި މި ފަދަ ހަފުލާތައް ޒީނަތްތެރިކުރަން ބޭނުންވާ ހުރިހާ ސާމާނެއް މި ތަނުން ލިބޭނެ އެވެ. މިއަށްވުރެ ގިނަ ބާވަތްތައް ލިބޭނެ އެހެން ތަނެއް ރާއްޖޭން ހޯދުމަކީ ފަސޭހަކަމަށް ނުވާނެ އެވެ.

"ލިބެން ހުރީ ކޮން އެއްޗެއް؟"

ނަސްރު ބުނި ގޮތުގައި މި ފިހާރައިން ކޮންމެ ސައިޒެއްގެ ކުއްޖަކަށް ވެސް ހެޔޮވަރު ވެޑިން ޑްރެސް ވެސް ލިބެން ހުންނާނެ އެވެ.

"މި ތަނުގައި ނުޖެހޭނެ ޕްރީއޯޑަރު ދޭކަށް. އައިސް ހެޔޮވަރު ކޮށްފަ ގެނެގެންދާވީ. މި ތަނުގައި އެބަހުރި ހުރިހާ ސައިޒެއް. މި ހެދުންތަކުގެ އަގުތައް ވެސް މާކެޓުގައި ހުރި އަގުތަކާ ބަލާއިރު ވަރަށް ކޮމްޕެޓިޓިވް ވާނެ،" ނަސްރު ބުންޏެވެ.

ކޮންމެއަކަސް ކައިވެންޏަކަށް ތައްޔާރުވާނަމަ ދެމީހަކަށް މިއީ ކޮންމެހެން ދާން ޖެހޭ ތަނެކެވެ. މި ތަނަށް ދިއުމުން މޮޅު ހިޔާލު ލިބުމުގެ އިތުުރުން ޕާޓީ ފުރިހަމަ ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ލިބުނީ އެވެ. އެކަމަށްޓަކައި "މެރީމީ ބައި ވައިޓްރޫމް" އޮތީ ހޭވައްލާ ތައްޔާރަށެވެ.