ވިޔަފާރި

މޯލްޑިވްސް ބޯޓިން އެވޯޑަށް ވޯޓުލާން ހުޅުވާލައިފި

Sep 22, 2016
  • އެވޯޑު ދިނުން އޮތީ ނޮވެމްބަރު މަހު
  • ވޯޓުލުމުގެ ފުރުސަތު އަންނަ މަހުގެ 22 އަށް
  • މިއަހަރު 25 ގިންތިއަކުން އެވޯޑު ދޭނެ

މި އަހަރު ބާއްވާ "މޯލްޑިވްސް ބޯޓިން އެވޯޑްސް 2016" އަށް ވޯޓުލުން މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ރަސްމީ އެވޯޑުގެ ގޮތުގައި ސަފާރީ ބޯޑު ފަހަރަށްދޭ މި އެވޯޑު އިންތިޒާމު ކުރަނީ ދިވެހި ކުންފުންޏެއް ކަމަށްވާ "ޔުނިކާ" އިންނެވެ. އެ ކުންފުނިން ބުނީ އޮންލައިންކޮށް ވޯޓުލާން ހުޅުވައިލި ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ.

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ހާއްސަކޮށްގެން ދެމުން ގެންދާ އެންމެ ޝަރަފުވެރި އެވޯޑެވެ.

ބޯޓިން އެވޯޑުގެ ޕާޓްނަރުން

  • މެއިން ސްޕޮންސަރު: ގަލްފް ކްރާފްޓް
  • ކޯ-ސްޕޮންސަރު: އެލައިޑް އިންޝުއަރެންސް
  • ކޯ-ސްޕޮންސަރު: އެފްއެސްއެމް
  • ކޯ-ސްޕޮންސަރު: އެމްޓީސީސީ
  • އެސޯސިއޭޓް ސްޕޮންސަރު: ވީއޭއެމްކޯ
  • ހޮޓެލް ޕާޓްނަރު: ޗަމްޕާ ހޮޓެލްސް
  • ޕްރިންޓް ޕާޓްނަރު: އެމް އެކްސް ސައިން
  • މީޑިޔާ ޕާޓްނަރު: ސަންގު ޓީވީ
  • މީޑިޔާ ޕާޓްނަރު: އަވަސް އޮންލައިން

މޯލްޑިވްސް ބޯޓިން އެވޯޑު 25 ކެޓަގަރީއަކުން އެވޯޑު ދޭނެ އެވެ. މި އެވޯޑަށް އޮންލައިންކޮށް ވޯޓު ދެވޭއިރު، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލާނެ އެވެ. އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަށްދޭ މި ޝަރަފުވެރި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.