އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް އަމާޒުކޮށްގެ ފޮނުވާލި 1000 ކޮލޯމީޓަރުގެ ރާސްތާއަށް އަމާޒުވާ ތިން މިސައިލެއް ފޮނުވާލައި ޗައިނާގައި މިހާރު ކުރިއަށް ޖީ 20 ސަމިޓަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.
އުތުރު ކޮރެއާއިން މިއަދު ތިން މިސައިލް ފޮނުވާލާފައި މިވަނީ ޖީ 20 ސަމީޓްގައި އުތުރު ކޮރެއާގެ މައްސަލައާބެހޭ ގޮތުން މިއަދު ހެނދުނު ޝެޝަންގައި ވާހަކަ ދައްކާފައި ވަނިކޮށެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނީ އުތުރު ކޮރެއާގެ ހުޅަނގުގައި އޮންނަ ހުވަންގްޖޫ ސިޓީގެ ސަރަހައްދުން، ޖަޕާނުގެ ކަނޑުގެ ސަރހައްދުގެ އިރުމައްޗަށް ތިން މިސައިލް ފޮނުވާލި ކަމަށެވެ.
ރޮއިޓަސް ނިއުސް އެޖެންސީއާ ވާހަކަ ދައްކަމުން ދެކުނު ކޮރެއާގެ އަސްކަރީ އޮފިޝަލެއް ވިދާޅުވީ ފޮނުވަލި ތިން މިސައިލްގެ ތެރެއިން އެއް މިސައިލް ޖަޕާނުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯނަށް ވެއްޓުނު ކަމަށެވެ.
އުތުރު ކޮރެއާއިން މި ދިޔަ ދެ މަސް ތެރޭގައިވަނީ ތިން ފަހަރެއްގެ މަތިން މިސައިލް ޓެސްޓް ކޮށްފައެވެ. އެހެންވެ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ދެކުނުގެ ކަނޑުގެ ސަރހައްދުގައި މިސައިލް ޑިޓެކްޓިން ސިސްޓަމެއް ބެހެއްޓުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން ޗައިނާގެ އިރުމަތީ ހެގެންޒޫ ސަރަހައްދުގައި މިހާރު ކުރިއަށް ޖީ 20 ސަމިޓްގައިވެސް ވަނީ އުތުރު ކޮރެއާގެ މައްސަލައާ ބެހޭގޮތުން ވަނީ ގައުމުންތަކުން ވަނީ ވާހަކަ ދައްކާފައެވެ.
މިއަދު ހެދުނު ޝެޝަންގައި ވާހަކަ ދައްކަމުން ދެކުނު ކޮރެއާގެ ރައީސް ޕާކް ޖިއޮން ވަނީ އުތުރު ކޮރެއާގެ އަމަލުތައް ހުރި ގޮތާމެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދަޅުވީ އުތުރުކޮރެއާގެ އަމަލުތައް ހުރިގޮތުން ސަރަހައްދުގެ އެހެން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށްވެސް އަސަރުކުރަމުން ދާކަމަށެވެ. ޗައިނާއިންވެސް ވަނީ އުތުރު ކޮރެއާގެ އަމަލުތަކާ ހެދި ކަންބޮޑުވުން ފާޅުކޮށްފައެވެ.