ރައްޔިތުންނާއި ދެކޮޅަށް ސިފައިން ހަތިޔާރު ބޭނުން ކޮށްފާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ހަބަރުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ސޯޝަލް މީޑިއާގައި ފަތުރަމުންދާ އެފަދަ ދޮގު ޚަބަރުތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ރައްޔިތުންނާއި ސިފައިންނާ އޮންނަ ގުޅުން ހީނަރުކުރުމުގެ މަގުސަދުގައި ފަތުރަމުންގެންދާ ދޮގު ޚަބަރުތަކެއް ކަމަށެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު ސިފައިން ބަޑި ހިފައިގެން މާލެ ތެރޭގައި ނުކުމެ އުޅޭ ކަމަށް ބުނާ އަޑުތައް ފެތުރިފައި އޮންނަތަ ދެދުވަސް ވެއްޖެ އެވެ.