އިއްޔެ ރޭ އެކްސިޑެންޓެއްވެ އަނިޔާތައް ލިބުނު މާބަނޑުމީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. މަރުވެފައި ވަނީ ހއ. ބެރިންމަދޫ އަންހެނެއް ކަމަށްވެއެވެ.
އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. މިއަދު ހެނދުނު 7:00 ޖަހާ އެހާކަންހާއިރު އެވެ. އޭނާ އަށް ފަރުވާ ދެމުންދިޔައީ އައިސީޔޫގަ އެވެ.
ބަނޑަށް ދޮޅުމަސް ވެފައި ހުއްޓާ އޭނާ އެކްސިޑެންޓްވެފައި ވަނީ ކެނެރީ މަގުގައި އޭނަގެ ދަރިފުޅާއެކު ދަނިކޮށެވެ. އެކްސިޑެންޓްވި ވަގުތު ގާތުގައި ހުރި ދަރިފުޅަށް ވެސް އަނިޔާވިއެވެ.
އޭނާ މަރުވި އިރު އެކްސިޑެންޓްގައި ބާރަށް ދުއްވި ސައިކަލް ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ ލައިންސަންސްވެސް އޮތްމީހެއް ނޫނެވެ.