- އީދު ޝޯވް ބުދަ ދުވަހުގެރޭ
- ޝޯވްގައި އުނޫޝާ ބަތޫލް އެންޑް ބޭންޑް
- ޝޯވް ބާއްވަނީ ކުޅިވަރު އެކުވެނީގެ ދަނޑުގައި
ދިރާގުން ހޯމަ ދުވަހުގެރޭ ކުޅިވަރު އެކުވެނި ދަނޑުގައި ބާއްވާ "ދިރާގު އީދު ޝޯވް" ގެ އޮންލައިން ޕާޓްނަރަކަށް އަވަސް ހަމަޖައްސައިފި އެވެ.
މި އަހަރުގެ ބޮޑު އީދުގެ މުނާސަބަތުގައި ބާއްވާ މި ޝޯވްގައި އުނޫޝާގެ އިތުރުން ދިވެހި ގިނަ ފަންނާނުން ބައިވެރިވާނެ އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ، ދިރާގަކީ ޒުވާނުންގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެއް ކަމަށެވެ. ހާއްސަކޮށް މިޔުޒިކީ ފަންނާނުން ކުރިއެރުވުމަށް ދިރާގުން ވަރަށް ސަމާލުކަމެއްދޭ ކަމަށެވެ. އެ މަގުސަދުގައި، ޒުވާން ފަންނާނުން ކުރިއެރުވުމަށް މި ޝޯއިން ފުރުސަތު ދިރާގުން ދެނީ ކުރިއަރަން ބޭނުންވެފައިވާ ފަންނާނުންނަށެވެ. ގިނަ ޕްލެޓްފޯމްތަކެއް ލިބިފައިނުވާ އެހެނަސް ހުނަރުން ފުރިފައިވާ ބޭންޑަކާއެކު ކުރިއަށް ދިޔުމަށް ބޭނުންވާ ޒުވާން ފަންނާނުންނަށް މި ޝޯއިން ވަނީ ފުރުސަތުދީފަ އެވެ.
ޝޯވްގެ ބައެއް ފަންނާނުން
- އުނޫޝާ
- ބަތޫލް އެންޑް ބޭންޑް
- ހައިޝަމް ތައުފީގު އެންޑް ބޭންޑް
- އިޝާން އެންޑް ބޭންޑް
- ޒަލީފް އެންޑް ޓީމް ފިޓް
- ޑީޖޭ ފާރިހް
ޒުވާން ފަންނާނުންނާއެކު ޝޯ އިތުރަށް ފުރިހަމަ ކުރުމަށް ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދައި އެކަމަކު ވެސް ވަރަށް ޒުވާން ބައިވެރިންތަކެއް ހަރަކާތްތެރިވާ ހަރުބީ ބޮޑުބެރު ގުރޫޕް ވެސް ޝޯގައި ބައިވެރިވާނެ އެވެ. ހަމަ ޔަގީނުން ވެސް ބޮޑުބެރުގެ ފޯރި މި ޝޯގައި ރަނގަޅަށް ވެސް އޮންނާނެ އެވެ.
ޕާޓްނާސް
- ލައިޓް އެންޑް ސްޓޭޖް: ސްޓޭޖް ކޯ
- ސައުންޑް: ސައުންޑް ހައުސް
- އޮފިޝަލް މެގަޒިން: މިސްކް
- އޮންލައިން މީޑިއާ: އަވަސް
- ބެވަރެޖް: މޯޓޯ
- އިވެންޓް: ތިންކް މޯލްޑިވްސް
ދިރާގު އީދު ޝޯވް ބޭއްވުމަށްޓަކައި އެ ކުންފުނިން ދަނީ ކުޅިވަރު އެކުވެނި ސަރަހައްދުގައި ގާތްގަނޑަކަށް 65 ފޫޓުގެ ބޮޑު ސްޓޭޖެއް އަޅަަމުންނެވެ.