ފިނިޕޭޖް

ފޮނަދޫ ޝޯގައި އަބީޖީތު ޕާފޯމް ކުރުން މިރޭ

Sep 14, 2016

ލ. ފޮނަދޫގައި ކުރިއަށް ގެންދާ އީދު ހަރަކާތްތަކުގެ ތެރެއިން އީދު ޝޯގައި ޕާފޯމްކުރަން ފުރަތަމަ އިންޑިއަން އައިޑޮލް އަބީޖީތު ސާވަންތު އިއްޔެ ރާއްޖެ އައިސްފި އެވެ.

ފޮނަދޫގައި ގިނަ ކުޅިވަރުތަކާއެކު އީދު ފާހަގަ ކުރަމުން އަންނަ އިރު އީދުގެ ފުރަތަމަ ތިން ރޭ މިއުޒިކް ޝޯ ބާއްވަން ވަނީ ނިންމާފަ އެވެ
އެ ޝޯތަކުގެ ތެރެއިން އަބީޖީތު ޕާފޯމް ކުރަން ހަމަޖެހިފައިވަނީ މިރޭގެ ޝޯގަ އެވެ. އަބީޖީތާއެކު މިރޭގެ ޝޯގައި އޭނާގެ ބޭންޑު ޕާފޯމް ކުރާނެ އެވެ.

މީގެ ކުރިންވެސް އަބީޖީތު ވަނީ ރާއްޖޭގައި ޕާފޯމްކޮށްފަ އެވެ. އެއީ އޭނާ އިންޑިއަން އައިޑަލް ކާމިޔާބު ކުރި ދުވަސްކޮޅުގަ އެވެ. އޭނާގެ ލަވަތަކަކީ އިންޑިޔާގައި ވެސް އެތަށް ބައެއްގެ ހިތް އަތުލާފައިވާ ލަވަތަކެކެވެ.