ބޯކޮށް ވާރޭވެހި، ގުގުރާ ވިދަން ފެށުމުން ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިޔާ މޮންޗެންގްލަޑްބަޗާއި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗު މިރެެއަށް ފަސްކޮށްފި އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅެން އޮތް މެޗު މެޗު ނުކުޅެން ނިންްމީ ރެފްރީ ދަނޑު އިންސްޕެކްޓް ކޮށް މެޗު ނުކުޅެވޭނެ ކަމަށް ބުނުމުންނެވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.
މި މެޗު މިރޭ ކުޅެން ދެ ޓީމުން އެއްބަސްވިއިރު މޮންޗެންގްލަޑްބަޗުން ވަނީ މެޗު އަވަހަށް ފަށަން ހުށަހަޅާފަ އެވެ. ނަމަވެސް ހަވީރު މެޗު ފެށޭވަރަށް ދަނޑު ތައްޔާރު ނުކުރެވޭނެ ކަމަށާއި ބޭނުންވާ ހުރިހާ ވަސީލަތެއް ނުލިބިދާނެ ކަމަށް ބުނެ ސިޓީން ވަނީ މެޗު ހަވީރު ފަށަން ދެކޮޅު ހަދާފަ އެވެ.
ޔޫއޭފާގެ ގަވާއިދު ބުނާގޮތުން މިގޮތަށް މެޗެއް ފަސްކޮށްފިނަމަ އެ މެޗެއް ޝެޑިއުލްކުރާނީ ދެ ޓީމާ ވާހަކަ ދައްކައިގެން ޖެހިގެން އޮންނަ ދުވަހަށް ނުވަތަ އެއަށްވުރެ ފަސް ތާރީހަކަށެވެ.
އިނގިރޭސި މީޑިޔާތަކުން ބުނާގޮޮތުގައި މެޗު ފަސްކުރިކަން ސިޓީގެ ކުޅުންތެރިންނަށްވުރެ ކުރިން އެނގީ ދަނޑަށް ވަދެތިބި ސަޕޯޓަރުންނަށެވެ. އަދި އިއްޔެއިން ފެށިގެން މެންޗެސްޓާ އަށް ވަނީ 32.4 މިލިމީޓަރުގެ ވާރޭވެހިފަ އެވެ.