ހަބަރު

ޖޭޕީއެމްޑީޕީގެ އެއްވުމަށް އިލްމުވެރިން ތާއީދުކޮށްގެން ނުވާނެ: ޝަހީމް

Feb 25, 2015

ޖޭޕީ އާއި އެމްޑީޕީން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވާ ބޮޑު އެއްވުމަށް ރާއްޖޭގެ އިލްމުވެރިންނާއި އިސްލާމީ ޖަމިއްޔާތަކުން ތާއީދު ނުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

ޓްވިޓާ މެދުވެރިކޮށް މިނިސްޓަރު، އަދި ދީނީ އިލްމުވެރިޔާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްލާމީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.