މާލޭގައި މިރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް ހަމަލީދީ ޒަހަމްކޮށްލައިފި އެވެ.
ތޫނު އެއްޗަކުން ހަމަލަދީ އެ ކުއްޖާ ޒަހަމްކޮށްލަފައި ވަނީ ބޮޑުރަސްގެފާނު މަގުގެ ގޯޅިއެއް ތެރެއިން މިރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރު އެވެ. މަގަށް ވާ ގޮތަށް އޮންނަނީ މަޝްހޫރު ގުއްދޫސް ގޯޅިއެވެ.
ފުލުހުން ބުނީ ޒަހަމްކޮށްލި ކުޑަކުއްޖާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެ ހަމަލައިގެ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.