ހަބަރު

ޑިޕްލޮމޭޓުންނާ ބައްދަލު ކުރަން ޖޭޕީ އެމްޑީޕީގެ ވަފުދެއް ކޮލަމްބޯއަށް

Feb 25, 2015
3

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިންގަމުންދާ ކަންކަމާބެހޭ ގޮތުން ބޭރުގެ މިޝަންތަކަށާއި ހައިކޮމިޝަންތަކަށް މައުލޫމާތު ހިއްސާ ކުރަން ޖޭޕީ އެމްޑީޕީ އެމްޑީޕީގެ އިސް ވަފުދެއް ސްރީލަންކާއަށް ފުރައިފި އެވެ.

މިރޭ ކޮލަމްބޯއަށް ފުރި ވަފުދުގައި އިސްކޮށް ހުންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެމަނިކުފާނާއެކު ދެން ވަޑައިގެންނެވީ މަޖިލިސް މެންބަރު އަބްދުﷲ ޝާހިދާއި މާލޭގެ މޭޔަރު މުހައްމަދު ޝިހާބާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ހުސައިން ރަޝީދާއި މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒެވެ.  

ޑިޕްލޮމޭޓުންނަށް މައުލޫމަތު ދެއްވުމަށްފަހު ޖޭޕީ އެމްޑީޕީގެ ވަފުދު ކޮލަމްބޯއިން މާދަމާ މާލެއަށް ދަތުރު ކުރާނެ ކަމަށް ވެއެވެ.