ހަބަރު

އަޑުބަރޭ އީސަ އަދި ވައްޑެ ބަންދުން ދޫކޮށްލައިފި

މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މޯލްޑީވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ) އިން މާލޭގައި ބޭއްވި އެއްވުމާ ދިމާކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރި އެ ޕާޓީގެ ތިން އެކްޓިވިސްޓުން މިއަދު ދޫކޮށްލައިފި އެވެ.

އެ ތިން މީހުންނަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ)، ރައްޔިތުން މަޖިލީހުގެ ކެދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ މުޒާހަރާ އާ ގުޅިގެން ނޫން ކަމަށާއި އެމީހުން ހައްޔަރުކުރި ފުލުހުން ބަަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.