ހަބަރު

ހަނގުރާމައިގައި އުޅުނު ދިވެއްސަކު ހައްޔަރުކޮށް ރާއްޖެ ގެނެސްފި

Sep 22, 2016
1
  • ހަނގުރާމަޔަށް ފުރަން އުޅުނު ތިން މީހަކު ހައްޔަރު ކުރި
  • އެ މީހުން ރިހިބިލިޓޭޓް ކުރުމަށް ވަނީ ފަށާފައި
  • ހަނގުރާމަޔަށް މީހުން ދިޔުން ހުއްޓުވިއްޖެ

ކައުންޓަ-ޓެރަރިޒަމް ޔުނިޓްގެ މަސައްކަތުން ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކަށް ފުރަން އުޅުނު ތިން ދިވެއްސަކު ހައްޔަރުކޮށް، އަދި ބޭރުގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅުނު ދިވެއްސަކު ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވާ ކަމަށް އެ ޔުނިޓުން ބުނެފި އެވެ.

ކައުންޓް ޓެރަރިޒަމް ޔުނިޓްގެ މައުލޫމާތުތައް ދިނުމަށް، ބޭއްވި ޕްރެސްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ކައުންޓަ ޓެރަރިޒަމް ޑިޕާޓްމަންޓްގެ މަސައްކަތް ފެށި ފަހުން، ބޭރުގެ ގައުމުތަކުގެ ހަނގުރާމަ ތަކަށް ދިވެހިން ދިޔުން ހުއްޓިފައިވާ ކަމަށެވެ. އަދި ބޭރުގެ ހަނގުރާމަތަކުގައި އުޅޭ ދިވެހިންގެ ލިސްޓް އެންމެ ފަހުން މުރާޖައާ ކުރި އިރުވެސް އެ އަދަދު އުޅެނީ ކުރިން ވެސް ހުރި އަދަދު ކަމަށްވާ، 49 މީހުންނާ ހިސާބުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންޓަ ޓެރަރިޒަމް ޑިޕާޓްމަންޓްގެ މަސައްކަތުން ހަނގުރާމައަށް ފުރަން އުޅެނިކޮށް ހައްޔަރު ކުރި ތިން މީހުންނަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ދެކުނު ރަށަކުން މާލެ އައިސް ބޭރަށް ފުރަން އުޅެނިކޮށް ހައްޔަރު ކުރި ބަޔެކެވެ. އަދި ބޭރު ގައުމެއްގައި ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގުމުގައި އުޅުނު ދިވެހި މީހާގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ބަހައްޓައިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ މީހުން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ. ތަފްސީލް އަންނަނީ...