އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް މަގާމުން ވަކިކުރިކަމުގެ އެކްސްކޯ ނިންމުމެއް ނެތްކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެއިދާރާ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހުސައިން ޖަވާޒު މިހެން ބުނީ ބައްސާމް މަގާމުން ވަކިކުރި އެކްސްކޯ ބައްދަލުވުމުގެ ޔައުމިއްޔާ ފޮނުވައި ދިނުމަށް ކުރީގެ ރައީސް ރައީސް އަހްމަދު ތޯރިގް (ޓޮމް) ފީފާއިން ސިޓީއަކުން އެންގުމުންނެވެ.
ނަމަވެސް އިންޑިއާގެ ގޯއާގައި މާދަމާ ފަށާ އޭއެފްސީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެފްއޭއެމް ތަމްސީލު ކުރުމަށް މިއަދު އިންޑިއާއަށް ފުރުމުގެ ކުރިން އަވަސްއާ ވާހަކަ ދައްކަމުން ޖަވާ ބުނީ "ބައްސާމް ވަކި ކުރުމަށް އެކްސްކޯ ބައްދަލުވުމެއް ބާއްވާފައި ނުވާ" ކަމަށާއި "އެކަމާ ގުޅޭގޮތުން ފީފާއަށް ފޮނުވާނެ އެއްޗެއް ނެތް" ކަމަށެވެ.
ޓޮމް އެފްއޭއެމް ހިންގާ ގޮތާމެދު ހިތްހަމަނުޖެހިގެން އެކްސްކޯއިން މިދިޔަ ހަފުތާގައި އިސްތިއުފާދީ އާއިންތިހާބެއް ބާއްވަން މަޖުބޫރުކުރުވި ފަސް މެންބަރުން ވަނީ އެފްއޭއެމްގެ ކަންކަން ރަނގަޅަށް ނުދާކަމަށާއި ބައްސާމް މަގާމުން ވަކިކުރީ ވެސް ގަވާއިދާ ހިލާފަށް ކަމަށް ބުނެފަ އެވެ.
ބައްސާމް ވަކި ކުރި ނަމަވެސް މާދަމާ ފަށާ އޭއެފްސީ ކޮންގްރެސްގައި ބައިވެރިވުމަށް އޭއެފްސީގެ ޖެނަރަލް ސެކެޓްރީ ވިންޑްސާ ޕައުލް ޖޯންގެ ހާއްސަ ދައުވަތަކަށް ބައްސާމް މިހާރު ވަނީ އިންޑިޔާ އަށް ގޮހެވެ.