ޕްރޮމޯޝަން

ކޮފީ ބޯ މީހުން ކޮބާ؟ މާދަމާ ހަތް ކެފޭއަކުން ހިލޭ ކޮފީ!

އިންޓަނޭޝަނަލް ކޮފީ ޑޭ ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ސުޕަމާޓް އަދި ސިމްޑީ ރިޒޯޓް ސަޕްލައިސްއިން ހާއްސަ ޕްރޮމޯޝަނެއް ހިންގުމަށް ހަމަޖެހިއްޖެ އެވެ. ކޮފީ ޑޭއަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.

އިންޓަނޭޝަނަލް ކޮފީ ޑޭ ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ އަދި ސިމްޑީ ރިޒޯޓް ސަޕްލައިސްއިން ހިންގާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ 8:00 އިން 12:00 އަށް ''ދަ ކޮފީ ޑޭ ސްޕެޝަލް'' ގެ ނަމުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހަތް ކޮފީޝޮޕެއް ނުވަތަ ރެސްޓޯރެންޓެއްގައި ޕްރޮމޯޝަނެއް ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކެފޭ ލަޔާލީ، ކެފޭ އަލްފްރެސްކޯ، ކެފެއިނާ، ސިޓްރަން، ކްލަބް 360، ކިކްސް (ހުޅުމާލެ) އަދި ގްރިލް ހައުސް (ވިލިމާލެ) އިން ޑެވޮންޑޭލްގެ ހާއްސަ ބަރިސްތާ ފްރޮތިންގް މިލްކް އިން ތައްޔާރުކޮށްފައިވާ އިލީ ކޮފީ ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަ ޖައްސާފަ އެވެ.

ހިލޭ ކޮފީ ލިބޭނެ ގަޑިތަކާއި ތަންތަން

ރެސްޓޯރެންޓް/ކޮފީޝޮޕް: ހިލޭ ކޮފީ ލިބިގެންދާނޭ ގަޑިތައް:
ކެފެއިނާ - 20:00 އިން 21:00 އަށް
ސިޓްރަން - 20:00 އިން 21:00 އަށް
ގްރިލް ހައުސް (ވިލިމާލެ) - 20:00 އިން 21:00 އަށް
ކެފޭ ލަޔާލީ - 21:00 އިން 22:00 އަށް
ކިކްސް (ހުޅުމާލެ) - 22:00 އިން 23:00 އަށް
ކެފޭ އަލްފްރެސްކޯ - 22:00 އިން 23:00 އަށް
ކްލަބް 360 - 23:00 އިން 00:00 އަށް