ރާއްޖެ ކުޅިވަރު

މުއީނާގެ މައްޗަށް ކުރި ހޯދައި ޓީޓީގެ ޗެމްޕިއަނަކަށް ރަފާ

Sep 30, 2016
1

ގައުމީ ޓީޓީ ޗެމްޕިއަންޝިޕްގެ އިންޑިވިޖްއަލް ފައިނަލުގައި ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދުގެ މައްޗަށް ކާމިޔާބު ހޯދައި ގައުމީ ޗެމްޕިއަންކަން ރަފާ ނާޒިމު ހޯދައިފި އެވެ.

މިރޭ ނިމިގެންދިޔަ ގައުމީ ޓީޓީ ޗެމްޕިއަންޝިޕްގެ ސިންގަލްސް ފައިނަލް މުއިނާ ބަލިކޮށް ރާފާ ކާމިޔާބު ކުރިއިރު، މިދިޔަ 13 އަހަރުގެ ގައުމީ ޗެމްޕިއަނަކީ މުއިނާއެވެ. ޓީޓީ ހޯލްގައި ކުޅުނު މެޗް ރަފާ ކާމިޔާބު ކުރީ 4-2 ން ނެވެ.

ފުރަތަމަ ސެޓް ރަފާ ކާމިޔާބު ކުރި 11-8 ން ނެވެ. ދެ ވަނަ ސެޓް ރަފާ ހޯދީ 11-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ތިން ވަނަ ސެޓް ރަފާ ހޯދީ 11-9 ންނެވެ. ހަތަރު ވަނަ ސެޓް މުއިނާ ހޯދީ 11-1 6 ންނެވެ. ފަހު ދެ ސެޓް ރަފާ ކާމިޔާބު ކުރީ 11-6 އަދި 11-9 ންނެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މޫސާ މުންސިފްއެވެ. ފުރަތަމަ ޑިވިޝަން ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ހިންނަވަރު ޔޫތު ސޮސައިޓީއެވެ.

ހިންނަވަރު ޗެމްޕިއަންކަން ހޯދީ މޯލްޑިވިއަން ރެކްރިއޭޝަން ކުލަބުގެ މައްޗަށް 3-1 ން ކުރި ހޯދައިގެންނެވެ.