މާލޭގެ ގެތަކުން ކުނި އުކާލައި ދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަށަން ނިންމާފައިވާ ކަލެކްޝަން ސާވިސް އަންނަ މަހު ފަށަން ނިންމައިފި އެވެ.
މާލޭ ސަރަހައްދުގެ ކުނި އުކާލަން ބޭނުންވާ ލޭންޑިން ކްރާފްޓް ބަނުމަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވާރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ ބައިސްކަލުތަކުގައި ހާމަކަން ބޮޑު ގޮތްގޮތަށް ގެތަކުން ޕިކަޕްތަކުގައި ކުނި އުކާލާ އުކާލުމަށް ހައްލެއް ހޯދަން ދޭން ތައާރަފުކުރި އެ ހިދުމަތް އަންނަމަހު ފަށާނެ ކަމަށެވެ.
މިކަމަށް ބޭނުންވާ އުޅަނދު ހޯދަން ވެމްކޯ އާ ހަވާލުކޮށްފައިވާނެ ކަމަށްވެސް އާމިރު ވިދާޅުވި އެވެ. މިކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ޑިސެމްބަރުގެ ތެރޭގައި ހަމަކުރެވޭނެ ކަމަށެވެ.
"ކަލެކްޝަން ސިސްޓަމް ރަނގަޅަށް ހިނގައިގަތީމަ އާންމުކޮށް ފެންނަ ބައިސްކަލުތަކުގައި ބޮޑެތި ގޯނި އުފުލައިގެން މަގުމައްޗަށް ކުނި އޮއްސަމުންދާ ދިއުމަށް އަދި ގޭގޭ ދޮށުން ކުނި ވަސް ދުވާގޮތަށް ޕިކަޕްތަކަށް ކުނި އޮއްސައިގެން ގެންދިއުމާ މިކަންތައްތައް ރަނގަޅަށް ހުއްޓިގެންދާނެ" އާމިރު ވިދާޅުވި އެވެ.
ކަލެކްޝަން ސިސްޓަމްގެ ދަށުން ކުނި އުކާލަން ފެށުމުން ކުނި އުފުލާއިރު ބޭރަށް ކުނި ފެންނަ އަދި މަގުމައްޗަށް ކުންޏެއް ނޭޅޭނެ އެވެ. އަދި މި ހިދުމަތުގެ ސަބަބުން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑު ލުއިކަމެއް އަންނާނެ ކަމަށް އާމިރު ވިދާޅުވި އެވެ.